ދ. އޭއީސީން އެއްވަނަ ދަރިވަރުންނަށް، ލުޔޫނާއާއި ލީމް އަދި ހައްވާ މިޝްކާއާއި އައިޝަތު މިޝްކާ

2024 ވަނަ އަހަރު ދ، އަތޮޅު ތައުލީމީ މަރުކަޒު (ދ. އޭއީސީ)އިން އެއްވަނަ މަރިޔަމް ލުޔޫނާ ހުސައިންއާއި މަރްޔަމް ލީމް މަސްއޫދު ހޯދައިފިއެވެ. ލުޔޫނާއަށް އެއްވަނަ ލިބުނީ ސާނަވީންނެވެ. ލީމްއަށް އެއްވަނަ ލިބުނީ މަތީ ސާނަވީންނެވެ. 2025 ވަނަ އަހަރު ސާނަވިން އެއްވަނަ ލިބުނީ ހައްވާ މިޝްކާ އަލީއަށެވެ. މަތީ ސާނަވީން އެއްވަނަ ލިބުނީ އައިޝަތު މިޝްކާ އަލީ ނާޒިމަށެވެ.

ފާއިތުވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ، ދ. އޭއީސީން ބޭއްވީ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ. ޝަރަފުވެރިކޮށްދެއްވީ، އިސްލާމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފްސަރ، އަދި އެ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިއާ އާދަމެވެ.

2024 ވަނަ އަހަރު ސާނަވީ ބައިން އެއްވަނަ ހޯދި ލުޔޫނާއަކީ، އެ އަހަރު ސްކޫލުގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ އޭނާ ވަނީ ހޯދާފައެވެ. 2024 ވަނަ އަހަރު މަތީ ސާނަވީ ބައިން އެއްވަނަ ހޯދި ލީމްވަނީ އެ ސްކޫލުގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސެއްގެ ޒިންމާވެސް ކޮށްފައެވެ. މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ލީމްއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނައެވެ.

2025 ވަނަ އަހަރު ސާނަވީ ބައިން އެއްވަނަ ހޯދި ހައްވާ މިޝްކާއަކީ 2024 ވަނަ އަހަރު ގުރޭޑް 10ގައި ކިޔަވަމުން ދިޔައިރު ދ. އޭއީސީގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ލިބިފައިވެއެވެ. އަދި ނެޝަނަލް ހެކަތަންއިން އެއްވަނަ ހޯދި ޓީމުގައި ހައްވާ މިޝްކާ ހިމެނިފައިވެއެވެ. 2025 ވަނަ އަހަރު މަތީ ސާނަވީ ބައިން އެއްވަނަ ހޯދި އައިޝަތު މިޝްކާއަށް މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އަށްވަނަ ލިބިފައިވެއެވެ. ގުރޭޑް 12ގައި ކިޔެވިއިރު އޭނާ ވަނީ ސްކޫލުގެ ކެޕްޓަންގެ ޒިންމާ ވެސް އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *