8,000ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް، މެރިން މެކޭނިކް ޕްރޮގްރާމުގައި ބައިވެރިވާން އެމްޓީސީސީން ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ، (އެމްޓީސީސީ)ގެ ކުރިއަށް ގެންދާ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މެރިން މެކޭނިކް ޕްރޮގްރާމުގައި ބައިވެރިވާން އެކުންފުނީން ހުޅުވާލީ، އާފްޓަރސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމަށް 10 ފުރުޞަތެވެ.

މި ޕްރޮގްރާމުގައި މަސައްކަތް ކުރާ ކޮންމެ ފަރާތަކަށް 8,000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާއިރު، ސ3ީ މެރިން މެކޭނިކް ކޯސް ކޮންމެ ބައިވެރިއަކު ވެސް ފުރިހަމަކުރަން ޖެހެއެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، "ހުނަވަރު" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ޢިލްމާއި ޢަމަލީ ތަޖުރިބާ ޒުވާނުންނަށް ފޯރުކޮށްދިނުމެވެ.

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވެވޭނީ، އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *