2024-2025 ވަނަ އަހަރު އަމީނިއްޔާ ސްކޫލުން އެއްވަނަ ދަރިވަރުގެ މަޤާމް ފާޠިމަތު ނަޒީހާ ނަޘްމީން ހޯދައިފިއެވެ. ދެވަނަ ހޯދީ ދިޔާފް ބިންތި ފަތުޙުﷲ މުފީދެވެ. ތިންވަނަ ހޯދީ އާދަމް އަނަސް ޢަބްދުﷲއެވެ.
އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

އެއްވަނައަށް ދިޔަ ނަޒީހާއަކީ 2024-2025 ވަނަ ދިރާސީ އަހަރު އަމީނިއްޔާ ސްކޫލުގެ ކެޕްޓަނެވެ. އޭގެ ކުރީ އަހަރު ރާދަފަތި ހައުސްގެ ޑެޕިއުޓީ ކެޕްޓަނެވެ.

ދެވަނައަށް ދިޔަ ދިޔާފަކީ 2024-2025 ވަނަ އަހަރު އަމީނިއްޔާގެ ޑެޕިއުޓީ ވައިސް ކެޕްޓަނެވެ. އަދި ދާއިންކަނބާ ހައުސްގެ ކެޕްޓަނެވެ. ޖޫނިއަރ އަދި ސީނިއާ ޕްރިފިކެޓެއްގެ ގޮތުން މަސައްކަތް ކުރި ދިޔާފް، އަދަބީ ގިނަ މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހޯދާފައިވެއެވެ.

ތިންވަނައަށް ދިޔަ އަނަސްއަކީ 2024-2025 ވަނަ އަހަރު އަމީނިއްޔާ ސްކޫލުގެ ގޭމްސް ކެޕްޓަނެވެ. 2022-2023 ވަނަ އަހަރު ޖޫނިއަރ ޕްރިފެކްޓެކެވެ. އަދި 2023-2025 އަށް ސީނިއާ ޕްރިފެކްޓެކެވެ.
advertisment
ހިޔާލު