ނެއްލައިދޫ ސްކޫލުން ގަދަ ދިހައެއްގައި ހިމެނުނު ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް

ނެއްލައިދޫ ސްކޫލް

ހދ. ނެއްލައިދޫ ސްކޫލުން މި އަހަރު ސާނަވީ އިމްހާން ހެދި ކުދިންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެރަށު ކައުންސިލްގެ ފަރާތުން ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

ނެއްލައިދޫ ސްކޫލްގެ ތިން ދަރިވަރަކު ވަނީ މި އަހަރު ގަދަ ދިހައެއްގައި ހިމެނިފައެވެ. އެއީ ހަތަރު ވަނަ ހޯދި އައިޝަތު ޝައިހާ އާއި 8 ވަނައިގައި ހިމެނުނު ފާތިމަތު އީނާޒް އަދި 10 ވަނައިގައި ހޯދި އަހްމަދު އަޒްމީ އެވެ. އެ ކުދިންނަށް ލެޕްޓޮޕް ހަވާލުކުރުން އޮތީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ނެއްލައިދޫ ކައުންސިލްގެ ރައީސެވެ.

ނެއްލައިދޫ ކައުންސިލުން ދަނީ 2016 ވަނަ އަހަރުން ފެށިގެން، އެ ރަށު ސްކޫލުން ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނަށް ލެޕްޓޮޕް ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *