ޒެޑެކްސް ސްޓަޑީ އެބްރޯޑުން ހޯދައިދެނީ މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށްދާ ދަރިވަރުންނަށް ވަށައިޖެހޭ ހައްލެއް

ސްޓޫޑެންޓް ލޯނަށް އެދުމުގައި އެހީއެއް ބޭނުން ހެއްޔެވެ؟ ނޫނީ ތިހޯދަނީ، ކިޔަވަންދާނެ ޔުނިވަރސިޓީއެއް ހެއްޔެވެ؟ ޔުނިވަރސިޓީއަށް ވަނުމުގެ އިންތިޒާމް އޮންނަ ގޮތް އެނގެން ބޭނުން ހެއްޔެވެ؟ ނޫނީ ބޭނުންވެގެން ތިޔަ އުޅެނީ، ކޯސްތަކުގެ މައުލޫމާތާއި ވިސާއާއި އެކަމޮޑޭޝަނާއި ޔުނިވަރސިޓީއާ ބެހޭ މައުލޫމާތު ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކެއްގެ އެންމެ ކުރު ޖަވާބަކީ ޒެޑެކްސް ސްޓަޑީ އެބްރޯޑެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. ޚާއްސަކޮށް މެލޭޝިއާ ފަދަ ގައުމުތަކުގެ ފެންވަރުމަތީ ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި، ވިސާ ހޯދުމުގައި އެހީތެރިވެދިނުމާއި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑުން ދަރިވަރުންނަށް މުޅިން ހިލޭ ފަހި އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި:

– ޔުނިވަރސިޓީ އަދި ކިޔަވާނެ ދާއިރާ އިޚުތިޔާރުކުރުމުގައި ކައުންސިލިންގ ދިނުން
– އެޕްލިކޭޝަން ހުށައެޅުމުގައި އެހީތެރިވެދިނުން
– ސްޓޫޑެންޓް ލޯނާއި ކިޔަވަން ދިއުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް
– ޔުނިވަރސިޓީތަކުގެ ކެމްޕަސް ޓުއާ
– ކޯސްތަކުގެ އެންމެ ފަހުގެ މައުލޫމާތު
– ސްކޮލަރޝިޕް ގައިޑެންސް
– ވިސާއާއި އިމިގްރޭޝަންގެ ކަންތައްތަކުގައި އެހީތެރިވުން
– ކުދިންނަށް އެކަމޮޑޭޝަން ހަމަޖައްސައިދިނުމުގައި އެހީތެރިވުން

މީގެ އިތުރުން، ޔުނިވަރސިޓީ ފީ ދައްކައިދިނުމުގައި އެހީތެރިވުމަކީ ވެސް ޒެޑެކްސް ސްޓަޑީ އެބްރޯޑުން ދޭ މުހިންމު ޚިދުމަތެކެވެ. އެ ގޮތުން ޔުނިވަރސިޓީ ފީ ދެއްކުމަށް ދާ ޚަރަދަށް ދާ ފައިސާ ނަގަނީ ޔޫއެސް ޑޮލަރަށް ކަނޑައަޅާފައި އޮންނަ ރަސްމީ ރޭޓްކަމަށްވާ 15.42 ރުފިޔާގެ ރޭޓުން ދިވެހި ފައިސާއިންނެވެ. ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް އަންނަމުންދާ ދުވަސްވަރެއްގައި މިއީ ޒެޑެކްސް ސްޓަޑީ އެބްރޯޑުން ފޯރުކޮށްދޭ މުހިންމު ޚިދުމަތެކެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑުން ބުނީ، ރާއްޖެއިން ބޭރުގައި، ޚާއްޞަކޮށް މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެއީ އަމާޒެވެ. އެ ކުންފުނީގެ އެހީތެރިކަން ލިބިގެން އެތައް ދަރިވަރުންނެއް މިހާރުވެސް މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ކިޔަވަމުން ގެންދެއެވެ.

ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގި ޒެޑެކްސް ސްޓަޑީ އެބްރޯޑްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެން ހުރިހާ ޚިދުމަތެއް ހޯދޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު، 9902788 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *