މެލޭޝިއާގައި ކިޔަވަން އެމްއެމްއޭގެ ސްކޮލަރޝިޕް ހުޅުވާލައިފި

މެލޭޝިއާގައި، ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔަވަން މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެންއޭ)ގެ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން މެލޭޝިއާގެ ތިން ޔުނިވަރސިޓީއެއްގައި ކިޔަވަން އެމްއެމްއޭއިން މި ފަހަރު ހުޅުވާލީ، ޑިގްރީގެ އެއް ފުރުޞަތާއި މާސްޓަރސްގެ ދެ ފުރުޞަތުގެ އިތުރުން ޕީއެޗްޑީގެ އެއް ފުރުޞަތަށެވެ.

ބެޗްލަރ އޮފް އެކައުންޓިންގ، ކިޔަވަން ހުޅުވާލާފައި ވަނީ މެލޭޝިއާގެ ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީގައެވެ. މާސްޓަރ އޮފް ލޯސް، ކިޔަން ހުޅުވާލާފައި ވަނީ އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީއެވެ. މާސްޓަރ އޮފް އިކޮނޮމިކްސް ކިޔަވަން ހުޅުވާލީ މެލޭޝިއާގެ އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. ޕީއެޗްޑީއަށް ކިޔަވަން ހުޅުވާލީ މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީންނެވެ. އެ ޔުނިވަރސިޓީގައި، ޕީއެޗްޑީ ހަދަން ހުޅުވާލާފައި ވަނީ އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)ގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުންނެވެ.

ކޯސް ފުރިހަމަކުރުމަށްފަހު، އެމްއެމްއޭގެ މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ފަރާތްތަކުން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރާނެއެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

ބެޗްލަރސްޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ ޕްރޮގްރާމާގުޅޭ ދާއިރާއަކުން އެމް.ކިއު.އޭ ގަބޫލުކުރާ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން
  • ޖީސީއީ އޯލެވެލް މެތަމެޓިކްސް މާއްދާއިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން
  • IELTSގެ ކޮންމެ ބޭންޑަކުން 5.0 އަށްވުރެ މަތިން ފާސްވެފައިވުމާއެކު މި ނަތީޖާ ސެޓްފިކެޓް އަކީ 2026ގެ ޑިސެމްބަރުއާއި ހަމައަށް ވެލިޑިޓީ ދެމިގެންވާ ސެޓިފިކެޓެއް ކަމުގައިވުން

މާސްޓަރސްޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން
  • IELTSގެ ކޮންމެ ބޭންޑަކުން 6.0 އަށްވުރެ މަތިން ފާސްވެފައިވުމާއެކު މި ނަތީޖާ ސެޓްފިކެޓް އަކީ 2026ގެ ޑިސެމްބަރުއާއި ހަމައަށް ވެލިޑިޓީ ދެމިގެންވާ ސެޓިފިކެޓެއް ކަމުގައިވުން
  • ނުވަތަ ނުވަތަ TOEFL އިން 550 އިން މަތިން ލިބިފައިވުން

ޕީ.އެޗް.ޑީ.އަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސްއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު:

ކޯހާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ (ހަޔަރ ޑިސްޓިންކްޝަން) ހާސިލުކޮށްފައިވުމާއެކު

މެތަމެޓިކްސް އެންޑް ކްއަންޓިޓޭޓިވް ޕްރޮފީޝަންސީ

ރިސަރޗް ޕީއެޗްޑީއަށް އެޕްލައިކުރައްވާނަމަ:

  • 15 ސަފްހާގެ ރިސަރޗް ޕްރޮޕޯސަލްއެއް (ޓައިމްސް ނިއުރޯމަން ފޮންޓް ސައިޒް 12، ޑަބަލް ސްޕޭސްޑް)
  • މާލީ އިދާރާއެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާހުރުން.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *