ޤައުމީ ރިސަރޗް ފަންޑުގެ އެހީ ހަ ފަރާތަކަށް އައިޔޫއެމްއިން ދީފި

ނެޝަނަލް ރިސަރޗް ފަންޑް (އެންއާރުއެފް) ގެ ދަށުން "އިމަރޖިން ރިސަރޗް ގްރާންޓްސް" (އެންއާރްއެފްއީއާރުޖީ) ހަ ފަރާތަކަށް ދޭން އިސްލާމިކް ޔުނިވަރސިޓީން ދީފިއެވެ.

ނެޝަނަލް ރިސަރޗް ފަންޑުގެ މެނޭޖަރސްގެ ގޮތުގައި މަސައްކަތްކުރާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ރިސަރޗްތައް ކުރިއަށް ގެންދަނީ ކޮންމެ މުއައްސަސާއަކުން ވަކިންނެވެ. ކޮންމެ މުއައްސަސާއަކަށް 1.5 މިލިއަން ރުފިޔާގެ މާލީ އެހީއެއް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.

ރިސަރޗް ކުރުމަށް މާލީ އެހީއަށް އެދެން އިސްލާމީ ޔުނިވަރސިޓީން ހުޅުވާލުމުން 15 ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައިވާއިރު، މާލީ އެހީދޭން ނިންމީ އޭގެތެރެއިން ހަ ފަރާތަކުން ހުށައެޅި ޕްރޮޕޯސަލްތަކަށް ކަމަށް އައިޔޫއެމްއިން ބުނެއެވެ.

އެ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިއާ ވިދާޅުވީ، އެހެން ފަހަރުތަކާ އަޅާބަލާއިރު، މި ފަހަރު ހުށައެޅި ދިރާސީ ޕްރޮޕޯސަލް ތަކުގެ ފެންވަރު ރަނގަޅު ކަމަށާއި ހުރިހާ ޕްރޮޕޯސަލްތަކަކީވެސް ޤައުމަށް މުހިންމު ދިރާސާ ޕްރޮޕޯސަލްތަކެއް ކަމަށެވެ. އެހެންވެ އެއީ އެ ޔުނިވަރސިޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާކުރަން ހުށައެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރެއްވި، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސަލު، ޑރ. ވިސާލް މޫސާ ވިދާޅުވީ، ރިސަރޗް ގްރާންޓްގެ ގޮތުގައި ދޫކުރި އެންމެ ދަށް އަދަދަކީ 181,000ރުފިޔާ ކަމަށާއި އެންމެ މަތީ އަދަދަކީ 339,000ރުފިޔާ ކަމަށެވެ.

ރިސަރޗް ގްރާންޓް ޕްރޮޕޯސަލް ކާމިޔާބު ކުރި ފަރާތްތައް:

  • ޑރ. އައިޝަތު ވަހީދާ

ދެން ހިމެނިވަޑައިގަންނަވަނީ: އައިޝަތު ޝިފާ، ޑރ. ޒަހުރާ މުޙައްމދު، ޑރ. ޝެއިޙް ލުކްމާން ބިން ޝެއިޙް އަބްދުލް ހާމިދު، ޑރ. ނަސްރުﷲ އަޙްމަދު

  • ޑރ. ނަސްރުﷲ އަޙްމަދު

ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. މަރިޔަމް ޝަރީފާ، ޑރ. ޚައުލަތު ސަޢީދު، ޑރ. އައިޝަތު ވަހީދާ، ޑރ. ނޫރްފާތިމަޒޫރާ ބިންތި ޗޭ ވިލް، ޑރ. އޫއި ބޫން ކެއާޓް، ޑރ. ވޮންގް ޗީ ހޫ،

  • ޑރ. މަރިޔަމް ޝަރީފާ

ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. ނަސްރުﷲ އަޙްމަދު، ޑރ. ހައުލަތު ސައީދު، މަރިޔަމް ނިހާދު، ޑރ. އައިޝަތު ވަދީފާ

  • ޑރ. މުޙައްމަދު ސޯލިޙް

ދެން ހިމެނިވަޑައިގަންނަވަނީ: ދެން ހިމެނިވަޑައިގަންނަވަނީ: ފަޒީލާ އިބްރާހިމް، އައިޝަތު ޝިފާ، ޑރ. ސުނީނާ ރަޝީދު، ޑރ. ހައުލަތު ސައީދު، ޑރ. ނޫރްފާތިމަޒޫރާ ބިންތި ޗޭ ވިލް

  • ޑރ. އައިޝަތު ޝިނާ

ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. އައިޝަތު ރީޝާ، ޕްރޮފްސަރ. ވޭސަލް ބޮޒްކާޓް، ނަގީތު އަބްދުއްﷲ

  • ޑރ. ފާތިމަތު މުނާ

ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. އާމިނަތު ޝާފިއާ އާދަމް، ޑރ. ޒުބައިރު ހަސަން، ޑރ. ފާތިމަތު ނިޝާން، ޑރ. ޔަންގްޑަން

މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސަރޗްގެ ޤާބިލްކަން އިތުރުކުރުމެވެ. މީގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އަދި އައު ދިރާސާވެރިން ބިނާކުރެވި، ޤައުމުގެ މުސްތަޤްބަލަށް ބޭނުންވާ ދިރާސާކުރެވޭނެއެވެ.

މި ނެޝަނަލް ރިސަރޗް ސްކީމުގެ ދަށުން އެހީ ދެނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ މައިގަނޑު ހަތަރު ދާއިރާތަކުން ދިރާސާ ކުރުމަށެވެ. އެއީ،

• ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް

• އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ

• ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން

• ގްރީން އެޖެންޑާ

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *