8ވަނަ ޓީޗަރސް ކޮންފަރެންސް އަންނަ ސެޕްޓެމްބަރުގައި ބާއްވަނީ

ދެ އަހަރުން އެއް އަހަރު ބާއްވާ ޓީޗަރސް ކޮންފަރެންސް އަންނަ ސެޕްޓެމްބަރު މަހުގެ 12ން13އަށް ބާއްވަން ނިންމައިފިއެވެ.

އެޑިއުކޭޓަރުންނާއި، ރިސާޗަރުންނާއި، ޕޮލިސީ މޭކަރުންނާއި، ޕްރެކްޓިޝަނަރުންނަށް، އެބްސްޓްރެކްޓްސް ހުށަހެޅުމަށާއި، އެޑިޔުކޭޝަންގެ ދާއިރާއިން ޑައިލޮގް، އިނޮވޭޝަން އަދި ނޮލެޖް ޝެއަރ ކުރުމަށް ޑައިނަމިކް ޕްލެޓްފޯމެއް އުފެއްދުމަށް އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަނުން ވަނީ ދީފައެވެ.

މިއީ، މި ކޮންފަރެންސް ބާއްވާ އައް ވަނަ ފަހަރެވެ.

މި އަހަރު ބާއްވާ ކޮންފަރެންސްގެ ޝިޢާރަކީ ރީއިމޭޖިން، ރީތިންކް، ރިފޯމް: އެޑްވާންސިންގ އިނޮވޭޝަން ފޯރ އަ އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރއެވެ.

އެންއައިއީއިން ބުނެފައިވާ ގޮތުގައި މި ކޮންފަރެންސަށް ރިސާޗް ޕޭޕަރުތަކާއި  ކޮންސެޕްޓް ޕޭޕަރުތަކާއި ރިވިއު ޕޭޕަރުތަކުގެ އިތުރުން ޕޯސްޓަރުތައް ހުށައެޅޭނެއެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން އެބްސްޓްރެކްޓްސް ހުށައަޅަން ޖެހޭ ތާރީހަކީ ޖުލައި މަހުގެ 12 ވަނަ ދުވަހެވެ.

އެބްސްޓްރެކްޓްސް ހުށައަޅަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ،

  • ތަޢުލީމުގައި ހަމަހަމަކަމާއި، އިންކްލޫޝަން އަދި އިޖްތިމާޢީ ޢަދުލުވެރިކަން
  • 21ވަނަ ގަރުނުގެ ލާރނިންގ ގެ ކަރިކިއުލަމް، ޕެޑަގޮޖީ އަދި އެސެސްމަންޓް
  • ތަޢުލީމީ ލީޑަރޝިޕް އަދި ޕޮލިސީ
  • ޓީޗަރ ޓްރެއިނިންގ، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި އޭޖެންސީ
  • އާޓިފިޝަލް އިންޓެލިޖެންސް، ސްޓީމް އަދި ޑިޖިޓަލް ޕެޑަގޮޖީ
  • ވެލްބީންގ، ސޯޝަލް އިމޯޝަނަލް ލާރނިންގ އަދި ރެޒިލިއަންސް
  • އިސްލާމް ދީނާއި ދިވެހި ބަހާއި ސަގާފަތް ދެމެހެއްޓެނިވި ގޮތެއްގައި އަދި ޒިންމާދާރު ރަށްވެހިކަން
  • ކޮމްޕެރޭޓިވް އެޑިޔުކޭޝަން އެންޑް ލައިފްލޯންގް ލާރނިންގ

 

އެންއައިއީއިން ބުނެފައިވަނީ، ތަޢުލީމީ ދާއިރާ އަލުން ތަޞައްވުރުކޮށް މުސްތަޤްބަލަށް އަމާޒުހިފުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ތައުލީމީ ދާއިރާގެ އެންމެގައި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *