އެމްއެންޔޫގެ ފަހި ފުރުޞަތު ވަޒީފާގެ ބާޒާރު 32 ސްޓޯލާއެކު ހުޅުވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ  (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމްއެންޔޫ ފަހި ފުރުސަތު" ވަޒީފާގެ ބާޒާރު މިއަދު ހުޅުވައިފިއެވެ.

މި ބާޒާރު އިފްތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ އެވެ. މި މަހުގެ 03 އިން 05 އަށް ކުރިއަށްދާ މި ހަރަކާތަކީ އެމްއެންޔޫ އިން ދަސްވެނިވާ ދަރިވަރުންނަށާއި ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކުގެ އިތުރުން އާންމު ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ބޮޑު މައުރަޒެކެވެ.

ވަޒީފާގެ ބާޒާރު ކުރިއަށްދާނީ މި ތިން ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް އެމް އެ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މާލޭގެ އިތުރުން އަތޮޅުތަކުގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުގައިވެސް މި ފެސްޓިވަލް ކުރިއަށްދާނެއެވެ. އަތޮޅު ކެމްޕަސްތަކުގައި މި ހަރަކާތް ކުރިއަށްދާނީ ޖޫން 3 އަދި 4 ވަނަ ދުވަހުއެވެ.

މިފަހަރުގެ ފެސްޓިވަލްގައި 32 އަށް ވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ ސްޓޯލްތައް ހިމެނެއެވެ. މި މައުރަޒުގެ ތެރެއިން ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ "ކެރިއަރ ގައިޑެންސް" ދިނުންވެސް ކުރިއަށްދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *