ކީރިތި ޤުރްއާން ކިޔެވުމުގެ 38ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރު ހުކުރު ދުވަހު ފަށާނެއެވެ. އޮޑިޝަން ބުރުގައި 3050 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ސިޓީތަކާއި ރަށްތަކުގައި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުތަކަށް ބަލާއިރު، ޖޫން މަހުގެ 5ން 6 އަށް އޮޑިޝަން ބުރު ބާއްވަނީ ކުޅުދުއްފުށީ ސިޓީގެ އިތުރުން އުތުރުގެ ހަތަރު ރަށެއްގައެވެ. އެއީ، ހއ. އިން ދިއްދޫއާއި ހޯރަފުއްޓާއި ށ. އަތޮޅުން ފުނަދޫގެ އިތުރުން ނ. އަތޮޅުން މަނަދޫގައެވެ.
ޖޫން މަހުގެ 12އިން 13އަށް އޮޑިޝަން ބުރު ކުރިއަށް ގެންދާ ރަށްތައް:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އއ. ރަސްދޫ
- އދ. މަހިބަދޫ
ޖޫން މަހުގެ 19އިން 20އަށް އޮޑިޝަން ކުރިއަށް ގެންދާ ރަށްތައް:
- ވ. ފެލިދޫ
- މ. މުލި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ވޭމަންޑޫ
ޖޫން މަހުގެ 26އިން 27އަށް އޮޑިޝަން ކުރިއަށް ގެންދާ ރަށްތައް:
- ލ. ފޮނަދޫ
- ގއ. ވިލިނގިލި
- ސ. އައްޑޫ މީދޫ
- ތިނަދޫ ސިޓީ
- ފުވައްމުލައް ސިޓީ
- އައްޑޫ ސިޓީ
މާލެ ސިޓީގައި އޮޑިޝަން ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ، ހަތަރު ދުވަހަކަށެވެ. ޖުލައި މަހުގެ 3ން 4އަށް ކުރިއަށް ގެންދާ އޮޑިޝަން ބުރު ބާއްވަނީ މާލެ އަތޮޅުގެ ރަށްތަކަށެވެ. ޖުލައި މަހުގެ 5ން 11އަށް އޮޑިޝަން ކުރިއަށް ގެންދާނީ މާލެ، ހުޅުމާލޭގެ އިތުރުން ވިލިމާލެއިން ބައިވެރިވި ފަރާތްތަކަށެވެ.
38ވަނަ ޤައުމީ ޤުރްއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު 10 ސެޕްޓެމްބަރަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރު އޮންނާނީ 11 ސެޕްޓެމްބަރުން 19 ސެޕްޓެމްބަރަށް މާލޭގައެވެ.
advertisment
ހިޔާލު