އެމްއެންޔޫގެ ފަހިފުރުޞަތު ވަޒީފާގެ ބާޒާރު އަންނަ ބުރާސްފަތި ދުވަހު، 32 ފަރާތަކުން ބައިވެރިވޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފަހިފުރުޞަތު ވަޒީފާގެ ބާޒާރުގައި މި އަހަރު 32 ފަރާތަކުން ބައިވެރިވެއްޖެއެވެ. ފަހިފުރުޞަތު މި އަހަރު ކުރިއަށް ގެންދަނީ ޖޫން މަހުގެ 3ން 5އަށް އެ ޔުނިވަރސިޓީގެ މައިކެމްޕަސްގެ އިތުރުން އަތޮޅުތެރޭގެ ކެމްޕަސްތަކުގައެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ މި ބާޒާރު ހުޅުވިފައި ހުންނާނީ ެ ތިން ދުވަހުގެ ހަވީރު 16:00 ން 18:00 އަދި 20:00 ން 22:00 އަށެވެ.

އެމްއެންޔޫގެ ވަޒީފާގެ ބާޒާރުގައި މި އަހަރު ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ކެމްޕަސްތަކާއި އެމްއެންޔޫ ސްޓޯލްތައް ހިމެނޭއިރު، މިފަހަރު ވަޒީފާގެ ފުރުސަތު އިތުރުން ކެރިއަރ ގައިޑެންސްގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.  އެމްއެންޔޫ ފަހި ފުރުޞަތު ވަޒީފާގެ ބާޒާރަށް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.  

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *