އަންނަ އޮގަސްޓް މަހުގެ ތެރޭގައި ދެވަނަ ޓާމުގެ ކޯސްތައް ފަށާއިރު ތިން ކޯހެއް އަލަށް ފަށަން އައިޔޫއެމްއިން ނިންމައިފިއެވެ.
ދެވަނަ ޓާމުގައި އަލަށް ފަށާ ތިން ކޯހަކީ، މާސްޓަރސް އޮފް ސައިންސް- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސްއާއި މާސްޓަރސް އޮފް ސައިންސް (އިންފޮމޭޝަން ސިސްޓަމްސް އެންޑް ޑޭޓާ ސައިންސް) އާއި އެޑްވާންސް ސެޓްފިކެޓް އިން ސުންނާ ސްޓަޑީޒެވެ.
މި ތިން ކޯހުގެ ތެރެއިން މާސްޓަރސް ދެ ކޯސް ތިން މޯޑެއްގައި ކިޔަވައިދޭނެއެވެ. އެއީ ކެމްޕަހަށް ހާޒިރުވެގެންނާއި ބްލެންޑެޑްގެ އިތުރުން އޮންލައިންކޮށެވެ. އެއް އަހަރު ދުވަހުގެ މި ދެ ކޯހުގެ ފީއަކީ 34،225 ރުފިޔާއެވެ.
ސެޓްފިކެޓް އިން ސުންނާ ސްޓަޑީޒް ކޯހުގައި ކިޔަވައި ދޭނީ ކުލާހަށް ހާޒިރުވެގެންނެވެ. މި ކޯހުގެ ފީއަކީ 10،200 ރުފިޔާއެވެ.
ދެވަނަ ޓާމުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ 13:00 އެވެ.
advertisment
ހިޔާލު