ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން އައިލެންޑާސް އެޑިޔުކޭޝަން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
ޕްރައިވެޓް ސްކޫލެއްގެ ގޮތުގައި ތަރައްގީ ކުރާ މި ސްކޫލްގެ އެއްބަސް ވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އައިލެންޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހްމަދު އަދުލީ ރަޝީދެވެ.
ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާއިރު، އެ ސަރަހައްދަށް ސާދަ ސްކޫލެއް ބޭނުންވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އައިލެންޑާސް އެޑިއުކޭޝަނުން މިހާރުވެސް މާލޭގައި ތިން ސްކޫލް ހިންގައެވެ. އެއީ ކެންގަރޫ ކިޑްސްއާއި ބިލަބޮންގް ހައިގެ އިތުރުން ފިންލެންޑް އިންޓަނޭޝަނަލް ސްކޫލެވެ.
އެޗްޑީސީން ވަނީ ވިލާއެޑިއުކޭޝަނާއި، ކުވެއިިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕަށް ވެސް ދެވަނަ ފިޔަަހީގައި އިންޓަރނޭޝަނަލް ސްކޫލް އިމާރާތްކޮށް ހިންގަން ހުއްދަ ދީފައެވެ.
advertisment
ހިޔާލު