ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަށާ ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހަށް ފޯމު ހުށަހެޅުމުގެ މުއްދަތު 31 މޭގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، މި ކޯހަކީ ޗައިނާ ބަހުގެ އަސާސީ މައުލޫމާތާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބަސްމަގު ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.
އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހު ފަށާ މި ކޯހަށް ކަނޑައަޅާފައި ވަނީ 30 ޖާގައެވެ. ކުލާހަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދާއިރު، ކިޔަވައިދޭނީ އާދީއްތަ އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 19:00 އިން21:00 އަށެވެ.
16 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ މި ކޯހަށް ބައިވެރިން ހޮވާނީ ފޯމް ހުށައަޅާ ތަރުތީބުންނެވެ. ކޯހުގެ ފީއަކީ 2،250 ރުފިޔާއެވެ.
ކޯހާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ފެކަލްޓީ އޮފް އާޓްސްގެ އީމެއިލް mv.edu.mnu@fa މެއިލް ކުރުމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު