އޯލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މި އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

މިއަދު މެންދުރު 12:00 ފެށިގެން ނަތީޖާ ދޫކުރަމުންދަނީ އިމްތިޙާނު ހެދި ސެންޓަރުތަކުންނެވެ. އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ  ދޫކުރަމުން ދާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމްގެ ކައުންޓަރުންނެއެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ނަތީޖާ ބަލާ ދުރުވާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެ ކަމަށް އެ ޑީޕީއީއިން ބުނެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ކުރިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، 267 ސެންޓަރެއްގައި 8،218 ދަރިވަރުން އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހަދާފައިވެއެވެ. އެއީ މާލެ ސަރަހައްދުގެ 21 ސެންޓަރަކާއި އަތޮޅުތަކުގެ 246 ސެންޓަރެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *