ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި އިމާދުއްދީނުގެ ސެންޓީޗަރު އާމިނަތު ރިޒާނާ 43، މިއަދު ނިޔާވެއްޖެއެވެ.
ނިޔާވީ މިއަދު ހެނދުނު ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ވެފައިވާ ރިޒާނާ ތައުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުންނެވެ. އޭގެ ފަހުން ހިރިޔާ ސްކޫލުގައި ވެސް ކިޔަވައިދެއްވިއެވެ. އޭގެ ފަހުން އިމާދުއްދީނުގެ ސެންޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ ފަސް އަހަރު ވެއްޖެއެވެ.
އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ރިޒާނާއަކީ އެ ސްކޫލާއި ދަރިވަރުންދެކެ ލޯބިވި މުދައްރުސެއް ކަމަށާއި، ބަލި އެނދުގައި އޮންނެވިއިރުވެސް އެންމެ ބޭނުންވީ ސްކޫލަށް ކިޔަވައިދެއްވަން ވަޑައިގަންނަވާށެވެ.
"ސްކޫލަށް ނުދެވިގެން، ދަރިވަރުންނާ ބައްދަލުނުވެގެން އުޅޭނީ. އެހާވެސް ބޮޑަށް ދަރިވަރުންނާއި ސްކޫލްދެކެ އޭނާ ލޯބިވޭ" މަމްދޫޙް ވިދާޅުވިއެވެ.
ރިޒާނާގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަރަހާ މިސްކިތުގައެވެ.
advertisment
ހިޔާލު