ރާއްޖެއާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރަން ސެމިނަރއެއް

ރާއްޖެއާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އާއި އިންޑިޔާ ހައިކޮމިޝަން ގުޅިގެން ސެމިނަރއެއް ބާއްވައިފިއެވެ. މި ސެމިނާގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލުމަށް ތައުލީމީ މާހިރުންނާއި، ދަރިވަރުންނާއި، ޑިޕްލޮމެޓުންނާއި މެހެމާނުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަންއެވެ. މި ހަރަކާތުގެ ބައެއްގެ ގޮތުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ފޮޓޯ މައުރަޒެއް ވެސް ކުރިއަށް ގެންދިޔައެވެ.

މި ސެމިނަރގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައިގަނޑު މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މި ޕްރެޒެންޓޭޝަންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތާރީޚީ އަދި ޘަޤާފީ ގުޅުންތަކާއި، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އެއްބާރުލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ތަރައްޤީއާއި، ވިޔަފާރިއާއި، ތަޢުލީމީ އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޢުމްރާނީ ތަރައްޤީއާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާ ހައިކޮމިޝަނަރު

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ހަރަކާތް ނިންމާލާފައިވަނީ، އިންޑިޔާ އާއި ދިވެހި ސަގާފީ މުނިފޫހިފިލުވައިދިނުމުގެ ހަރަކާތްތަކުންނެވެ. މި ސެމިނަރއަކީ، ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން ފާހަގަކުރުމުގެ މުހިންމު ފޯރަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *