ސުކޫލް ތަކުން މުދައްރިސުންގެ ދުވަސް ފާހަގަ ކުރަން ފަށައިފި

މުދައްރިސުންގެ ދުވަސް ސްކޫލްތަކުން ފާހަގަކުރަން ފަށައިފިއެވެ.

މުދައްރިސުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ދުވަސް ފާހަގަކުރަނީ މުދައްރިސުންގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މުދައްރިސުންގެ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ ތައުލީމީ ދާއިރާ އާރާސްތުކުރުމުގައި މުދައްރިސުންގެ ނަމޫނާ މަސައްކަތެވެ.

ސުކޫލްތަކުން ދަނީ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ްހިރިޔާ ސުކޫލ
މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ހިރިޔާ ސުކޫލު ކުރިއަށް ގެންދާ ވާދެމުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ ހިރިޔާ ސްކޫލް

ހިރިޔާ ސުކޫލުގައި ދަނީ " ޓީޗާސް ޑޭ ސެލެބްރޭޝަން ވީކް" ގެ ނަމުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، ވާ ދެމުމާ، ހޭންޑް ބޯލް މުބާރާތެއް ބޭއްވުމާއި، އަދި ޖެނެރަލް ންކޮލެޖްގެ އިމްތިހާނެއް ވަނީ ބާއްވާފައެވެ. އިމާދުއްދީން ސުކޫލުގެ އިންޓަރ ހައުސް މަސްރޭސް މިފަހަރު ކުރިއަށް ގެންދިޔައީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެންނެވެ. މަސްރޭހުގައި ބެލެނިވެރިންގެ އިތުރުން އެ ސްކޫލްގެ މުދައްރިސުން ބައިވެރިވިއެވެ.

އިމާދުއްދީން ސްލޫލް
މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މަސްރޭހުގެ ތެރެއިން – ފޮޓޯ އިމާދުއްދީން

އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ އަމީނިއްޔާ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މުދައްރިސުންގެ " އަމީނީ ދަތުރު" ހިމެނެއެވެ. މި ދަތުރުގައި ހުރިހާ މުދައްރިސުން އެއްތަނަކުން ބައްދަލުވެ މަޖާ ގޭމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ދަތުރު އެ ސްކޫލުން ކުރިއަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.

އަމީނިއްޔާ ސްލޫލް
މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ އަމީނީ ދަތުރުގެ ތެރެއިން – ފޮޓޯ އަމީނިއްޔާ

މަޖީދިއްޔާ ސްކޫލުން ވެސް ހަފްތާ ބަންދުގައި، މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހައުސްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ޑްރާމާ މުބާރާތް ހިމެނެއެވެ.

ބައެއް ސްކޫލްތަކުން މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ފެށި ނަމަވެސް ގިނަ ސްކޫލްތަކުން އެ ދުވަސް ފާހަގަކުރާނީ އަންނަ އަންގާރަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *