އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓަރ: އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެމްބީއެސްއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ)އިން އިމްތިޒާމްކޮށްގެން ބޭއްވި ފުޓްސަލް ފިއެސްޓަރގެ އެންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް)އިން ހޯދައިފިއެވެ. އެ ސްކޫލުން ވަނީ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން މިފަހަރު ހޯދާފައެވެ.

ފިރިގެން ޑިވިޜަންގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ މެޕްސް ކޮލެޖު 0-4ން ބަލިކޮށްގެންނެވެ. އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ވިލާކޮލެޖުގެ މައްޗަށް 3-1ން ކުރި ހޯދައިގެންނެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކީ އެ މެޗްގައި ހެޑްރިކް ހެދި އެމްބީއެސްގެ އިބްރާހިމް ހާމިދެވެ. އޭނާގެ އިތުރުން މި މެޗްގައި ދެން ގޯލް ޖެހީ ކައިސަންއެވެ.

އަންހެން ފައިނަލުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެމްބީއެސްގެ ޝައިނާއެވެ. މި މެޗްގައި އެއް ގޯލް އޭނާ ޖެހިއެވެ. ޝައިނާގެ އިތުރުން އެމްބީއެސްއިން ދެން ގޯލެއް ޖެހީ މަލާކެވެ. ވިލާ ކޮލެޖުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މަލްޝާއެވެ. މި މެޗްގައި ވިލާ ކޮޅަށް ވަން ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ އެ ޓީމުގެ  ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބިސްނަސް ސްކޫލްގެ އިބްރާހިމް ހާމިދެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ހޯދީ މައިންޒް ކޮލެޖުގެ މުހައްމަދު މިންވާލްއެވެ.

އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މޯލްޑިވްސް ބިސްނަސް ސްކޫލްގެ އިބްރާހިމް ހާމިދާއި ކައިސަން ބިން ހިސާން އަދި މުހައްމަދު ތޯހިރާއި މެޕްސް ކޮލެޖުގެ ސައިފް އަލީ އަދި ޖަމްޝާދު ޖައުފަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *