ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން ދޭ އެންމެ ޝަރަފުވެރި އިނާމް އެ ޔުނިވަރސިޓީން ދަސްވެނިވި ހަ ދަރިވަރުން ހޯދައިފިއެވެ.
މި އިނާމްތައް އެ ދަރިވަރުންނާ ހަވާލުކޮށްދެއްވީ، މިއަދާއި މިރޭ ކުރިއަށް ގެންދިޔަ މިދިޔަ އަހަރު އެ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އިސްލާމީ ޔުނިވަރސިޓީން ދޭ ޑިސްޓިންކްޝަން އެވޯޑް ހޯދީ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްއިން، މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން އެއްވަނަ ހޯދި މުޙައްމަދު ބައްޝާމެވެ. އޭނާ ވަނީ ބެސްޓް ސްޓޫޑެންޓް އެވޯޑް ވެސް ހޯދާފައެވެ.

ޑިސްޓިންކްޝަން އެވޯޑަކީ، ޔުނިވަރސިޓީގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 (ބެޗްލާސް ޑިގްރީ) އާއި އެއަށްވުރެ މަތީ ފެންވަރުގެ ކޮންމެ ކޯހަކުން ވެސް ނަތީޖާއަށް ބަލާއިރު ހުރިހާ މާއްދާތަކުން ހައިޑިސްޓިންގްޝަން ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
ބެސްޓް ސްޓޫޑެންޓް އެވޯޑް ބައްސާމުގެ އިތުރުން ފަސް ދަރިވރުންނަށް ލިބުނެއެވެ.

ބެސްޓް ސްޓޫޑެންޓް އެވޯޑަކީ އައިޔޫއެމްގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 އާއި ލެވެލް 9 ހިމެނޭ ގޮތަށް އެ ދެމެދުގެ ޢިލްމީ ކޮންމެ ކޯހަކުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
ބެސްޓް ސްޓޫޑެންޓް އެވޯޑް ލިބުނު ދަރިވަރުން:
- ސަންފާ ޒިޔާދާ މުޙައްމަދު- މަސްޓަރސް އޮފް އާޓްސް އިން ޤުރްއާނިކް ސައިންސަސް، ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ
- މުޙައްމަދު ބައްޝާމު- މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް
- އަލީ ފަޔާޟް- ބެޗްލަރ އޮފް އިމާމްޝިޕް، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް
- ފާތިމަތު ސަމިއްޔާ- މާސްޓަރސް އޮފް ޓީޗިންގ އެންޑް ލާރނިންގ ( އިސްލާމިކް އެޑިޔުކޭޝަން) ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- ފާޠިމަތު މިންނާ- މާސްޓަރސް އޮފް ރިސަރޗް އެންޑް ޕަބްލިކޭޝަން، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
- މަރްޔަމް ނާޞިރާ- ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން
އައިޔޫއިން މިދިޔަ އަހަރު އެކި ފެންވަރުގެ ކޯސްތަކުން 588 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެއީ، ސެޓްފިކެޓް ފެންވަރުގެ 416 ދަރިވަރުންނާއި ޑިޕްލޮމާ ފެންވަރުގެ 2 ދަރިވަރުންނާއި ބެޗްލަރސް ޑިގްރީގެ 78 ދަރިވަރުންނާއި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ 3 ދަރިވަރުންގެ އިތުރުން މާސްޓަރސް ފެންވަރުގެ 89 ދަރިވަރުންނެވެ.
advertisment
ހިޔާލު