ދިވެހިބަހުގެ އެކެޑަމީން ބާއްވާ މިއަހަރު ބާއްވާ އަދަބީ ބައެއް މުބާރާތްތަކުގައި ބައިވެރިވާން މިއަދު ހުޅުވާލައިފިއެވެ. ބައިވެރިވާން މިއަދު ހުޅުވާލި އަދަބީ މުބަރާތްތަކަކީ، އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި ހުތް ޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތެވެ.
މި މުބާރާތްތައް ބެހިފައި ވަނީ 2 ބަޔަށެވެ. އެއީ،
- އިސްކޫލުތަކުގެ ބައި
– ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3 – ގުރޭޑު 7، 8)
– ސާނަވީ ގިންތި (ކީ ސްޓޭޖް 4 – ގުރޭޑު 9، 10)
– މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5 – ގުރޭޑު 11، 12)
- އަމިއްލަ ފަރާތްތަކުގެ ބައި
– 18 އަހަރުން ދަށުގެ އުމުރުފުރާ
– 18 އަހަރުން މަތީގެ އުމުރުފުރާ
މި މުބާރާތްތަކުގައި ބައިވެރިވާން ހުށަހަޅާނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިތައް ތިރީގައި މި ވަނީއެވެ.
- މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތް 2026 – 2026 ޖޫން 1 ވާ ހޯމަ ދުވަހުގެ 13:00އެވެ.
- ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތް 2026 – 2026 ޖޫން 2 ވާ އަންގާރަ ދުވަހުގެ 13:00އެވެ.
- ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތް 2026 – 2026 ޖޫން 3 ވާ ބުދަ ދުވަހުގެ 13:00އެވެ.
ފޯމު ފުރިހަމަނުވާ ނަމަ ނުވަތަ ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނުކޮށް ހުށަހަޅައިފައިވާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.
މި މުބާރާތްތައް އޮންނާނީ 2026 ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް، މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން އަންގާނެއެވެ.
މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ވެބްސައިޓުން www.dba.gov.mvލިބެން ހުންނާނެއެވެ.
މި ތިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު https://forms.gle/a7ijowxTjfL85RVZ9 މި ލިންކުން ފުރުން އެދެމެވެ. މި މުބާރާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު
މި އެކެޑަމީގެ ނަންބަރު 7772816އަށް ގުޅުމުން ލިބޭނެއެވެ.
advertisment
ހިޔާލު