އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ކިޔަވަމުންދާ ދަރިވަރުން އެ ސެންޓަރުގެ ވަށައިގެންވާ މަގުތައް ބުރާސްފަތި ދުވަހު ސާފުކޮށްފިއެވެ.

ޖުވެލް ސެންޓަރުގެ ދަރިވަރުން ވަނީ، އެ ސެންޓަރާއި އިމާދުއްދީނާ ދޭތެރޭގައި އޮންނަ ދަތުރުނުކުރެވޭ ގޮތަށް ބަންދުކޮށްފައި އޮންނަ މަގާއި، ފުރުގާނު މިސްކިތު ހިމެނޭހެން މަގުތަކުގެ ފާރުކައިރީގައި ހެދިފައި ހުރި ވިނަތައް ނޮޅައި ސާފްކޮށްފައެވެ. އެކުދިންނާއެކު ޖުވެލް ސެންޓަރުގައި މަސައްކަތް ކުރައްވާ މުދައްރިސުންނާއި، އަދި އިމާދުއްދީން ސްކޫލްގެ މަސައްކަތު މީހުން ވަނީ ބައިވެރިވެފައެވެ. އަދި އެކުދިންނަށް ސާފްކުރާނެ ގޮތް ކިޔައިދީ އަމަލީ ގޮތުން އެކުދިން ލައްވައި މަސައްކަތް ކުރުވާތަން ފޮޓޯތަކުން ފެނެއެވެ.

ޖުވެލް ސެންޓަރުން ދަނީ ތަފާތު މަސައްކަތްތައް އެ ދަރިވަރުންނަށް ދަސްކޮށް ދެމުންނެވެ.
advertisment
ހިޔާލު