އެމްއެމްއޭގެ "ފައިނޭންޝަލް ލިޓްރަސީ ބްރޭންޑް އައިޑެންޓިޓީ" އާއި "މެސްކޮޓް" ޑިޒައިނަށް އެއްލައްކަ ރުފިޔާގެ އިނާމެއް

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ "ފައިނޭންޝަލް ލިޓްރަސީ ބްރޭންޑް އައިޑެންޓިޓީ" އާއި "މެސްކޮޓް" ޑިޒައިންކުރަން ހުޅުވާލައި، އިނާމަކަށް އެއްލައްކަ ރުފިޔާގެ ކަނޑައަޅައިފިއެވެ.

މި މުބާރާތުގައި  ބައިވެރިވާފަރާތްތަކުން އަންނަ ޖޫން 14 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަރުމާތައް  ހުށަހަޅަންޖެހެއެވެ.

މަރުކަޒީ ބޭންކުން ބުނެފައިވަނީ، މި މުބާރާތުގެ މަގުސަދަކީ  ޒިންމާދާރު މާލީ އާދަތައް ކުރިއަރުވައި، ދިވެހިންގެ މެދުގައި ފައިނޭންޝަލް ލިޓްރަސީ ކޮންޓެންޓް ފަސޭހަކަމާއެކު ދެނެގަނެ، ޒިންމާދާރު މާލީ އާދަތަކަށް ހިތްވަރުދޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ. މި ބްރޭންޑް އައިޑެންޓިޓީގެ ދަށުން މި މެސްކޮޓްގެ ސަބަބުން ސްމާޓް މަނީ މެނޭޖްމަންޓަށް ހޭލުންތެރިވެ، އުނގެނުމާއި ވިސްނުން ބަދަލުކުރުމަށް އެހީތެރިވެދޭނެއެވެ.

މި މުބާރާތުގައި، ހިމަނާފައި ވަނީ ފައިނޭންޝަލް ލިޓްރަސީގެ ބްރޭންޑް ލޯގޯ އަދި ޓައިޕޯގްރަފީ ފަރުމާކުރުމާއި މެސްކޮޓް ފަރުމާކުރުމެވެ.

ދިވެހިންނަށް ހުޅުވާލާފައިވާ މި މުބާރާތުން ހޮވާ ޑިޒައިން ވެގެންދާނީ ރާއްޖޭގެ ރަސްމީ ފައިނޭންޝަލް ލިޓްރަސީ ބްރޭންޑަކަށް، ކެމްޕެއިންތަކާއި، ސްކޫލުތަކާއި، ކޮމިއުނިޓީ ޕްރޮގްރާމްތަކާއި، މީޑިއާ އައުޓްރީޗްތަކާއި، ޑިޖިޓަލް ޗެނަލްތަކާއި، އިވެންޓްތަކުގައި ބޭނުންކުރާ، ރަސްމީ ފައިނޭންޝަލް ލިޓްރަސީ ބްރޭންޑަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މަރުކަޒީ ބޭންކުން ބުނީ، ފައިނޭންޝަލް ލިޓަރަސީ ބްރޭންޑް އައިޑެންޓިޓީ އަދި މެސްކޮޓަކީ ރާއްޖޭގެ މާލީ މައުލޫމާތު ދައްކުވައިދޭ އަދި މާލީ ހޭލުންތެރިކަން ދައްކުވައިދޭ އެއްޗަކަށް ވާންޖެހޭނެއެވެ. އެގޮތުން އެ ބްރޭންޑް އަދި މެސްކޮޓް ވާންޖެހޭނީ:

  • މާލީ ޒިންމާ އަދާކުރުމާއި، ބާރުވެރިކުރުވުމާއި، ސްމާޓް ފައިނޭންޝަލް ޑިސިޝަން މޭކިންގެ އަގުތައް ދައްކުވައިދިނުން.
  • ބްރޭންޑްގެ މެސްކޮޓަކީ ލޯކަލް ސަގާފަތާއި އާދަކާދައާ ގުޅިފައިވާ އެއްޗަކަށް ވާންޖެހޭއިރު، އެ ބްރޭންޑްގެ މެސްކޮޓަކީ އެއް ނަޒަރަކުން ބަލައިލެވޭ ވަރަށް ފަސޭހަ އެއްޗަކަށް ވުން*
  • ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ޚާއްސަކޮށް ޒުވާނުންނާއި ޒުވާން އުމުރުފުރާގެ މީހުންނަށް އެޕީލް ކުރުން.
  • ފައިނޭންޝަލް އެޑިޔުކޭޝަންގެ މުހިއްމުކަން ރަނގަޅު އަދި އެންގޭޖް ގޮތަކަށް އަންގައިދިނުން.
  • ސޭވިންގް، ބަޖެޓިން، ޑިޖިޓަލް ފައިނޭންސް އަދި ފައިނޭންޝަލް ވެލްބީންގއާ ގުޅޭ ގޮތުން މުޅި ގައުމުގައި މުވާސަލާތު ކުރުމަށް އެހީތެރިވުން.
  • ފައިނޭންޝަލް ހޭލުންތެރިކަން އިތުރުކޮށް، ފައިނޭންޝަލް ބިހޭވިއަރ އަށް ބަދަލުވުމަށް ހިތްވަރު ދިނުން. ސަގާފީ ގޮތުން ދިވެހި ޝަޚްޞިއްޔަތާ އެއްގޮތްވާ ގޮތުގެމަތިން.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *