އާކުއާއި އެލިއާ އެހީގައި ޞަލާޙުއްދީން ސްކޫލަށް ޒަމާނީ ލައިބްރަރީއެއް

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކު) އާއި އެލިއާ އިންވެސްޓްމަންޓްސްގެ އެހީތެރިކަމާއެކު ޞަލާޙުއްދީން ސްކޫލުގައި ޒަމާނީ ލައިބްރަރީއެއް ހުޅުވައިފިއެވެ.

"ރީޑިން ރިޓްރީޓް"ގެ ނަމުގައި މި ލައިބްރީ ހުޅުވީ، އެ ސްކޫލުގެ ދަރިވަރުންނަށް ދިން ހަދިޔާއެއްގެ ގޮތުގައެވެ. މި ލައިބްރަރީ ހުޅުވައި ދެއްވީ އެލިއާ އިންވެސްޓްމަންޓްސްގެ މެނޭޖިންގ ޑިރެކްޓަރު އަލާއު އަލީއެވެ.

ޞަލާޙުއްދީން ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ 2700 ދަރިވަރުންގެ ކިޔެވުމަށް ބޮޑު ބަދަލެއް ގެނައުމަށް ބޮޑު އެހީތެރިކަމެއް މި ލައިބްރަރީން ފޯރުކޮށްދޭނެ ކަމަށާއި އެއް ފަހަރާ 150 އެއްހާ ދަރިވަރުންނަށް މި ލައިބްރަރީގެ ބޭނުން ކުރެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެލިއާއިން ސްކޫލަކަށް މިހާތަނަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓަށް މި ލައިބްރަރީވާއިރު، ލައިބްރަރީ ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ކިޔުމާއި ފިލާވަޅުތައް ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދެވޭނެ ފަސޭހަ ގޮތްތަކަށް ވިސްނައިގެންނެވެ.

އެގޮތުން ގްރޫޕް މަސައްކަތްތަކަށް ޚާއްޞަ ކޮށްފައިވާ "ޑައިލޮގް ޑެން" އާއި ވަކިވަކި ކުދިންނަށް ފޮތް ކިޔާނެ ޖާގައާއި ދަރިވަރުން މުއާޞަލާތު ކުރަން ޚާއްޞަ ކޮށްފައިވާ ޖާގައިގެ އިތުރުން ފިލާވަޅުތައް އިންޓްރެކްޓިވްކޮށް ގެންދަން ސައުންޑްޕްރޫފް ކޮށްފައިވާ ވަކި ތަނެއް ޚާއްޞަ ކޮށްފައިވެއެވެ. ފިލާވަޅު ތައްޔާރުކުރުމާއި މުދައްރިސުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ގޮތަށް "ސްޓާފް ސްޓޫޑިއޯއެއްވެސް" ވަނީ މި ލައިބްރަރީގައި ޤާއިމްކޮށްފައެވެ.

އާކުން އަންނަނީ ކުދިންނަށް ފައިދާހުރި މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *