މިއަދު ކުދިންނަށް ދައްކާ ނަމޫނާއަކީ، މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަސްވީރު: ތަޢުލީމާބެހޭ ވަޒީރު

މިއަދު ކުދިންނަށް ދައްކާ ނަމޫނާއަކީ، މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަސްވީރު ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެހައި ކިޔަވާކުދިންނަށާއި، އެކުދިންގެ ހިތްތަކުގައި އުންމީދު އާލާކޮށްދެއްވާ މުދައްރިސުންނާއި ބެލެނިވެރިންނަށް ކުޑަކުދިންގެ ދުވަހުގެ އިހުލާސްތެރި ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ، އަޅުގަނޑުމެންގެ ޒިންމާއަކީ އެކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުމެވެ.

ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންގެ ދުވަހު އަޅުގަނޑުމެން އާކުރަންވީ އަޒުމަކީ، ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާއެކު ހެދިބޮޑުވާ ކުއްޖަކަށް ހެއްދެވުމަށެވެ.

"އަޅުގަނޑުމެން މިއަދު އެކުދިންނަށް ދައްކާ ނަމޫނާއަކީ، މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަސްވީރު" ވަޒީރު ވިދާޅުވިއެވެ.

​ޑރ. އިސްމާއިލް ވިދާޅުވީ، ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި އުފާފާޅުކުރުމުގެ މުނާސަބަތެއް ނޫން ކަމަށާއި އެއީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރެއްވި އެންމެ މާތް އަމާނާތް ކަމުގައިވާ، އަޅުގަނޑުމެންގެ ލޯބިވާ ދަރިންގެ ހައްގުތަކާއި، އެކުދިންގެ ހުވަފެންތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ.

​"ކުޑަކުދިންނަކީ މުޖުތަމައުގެ "ލޯގަނޑެވެ." އެކުދިންނަކީ އަޅުގަނޑުމެންގެ ބަސްމަގާއި، އަގުތަކާއި، އަދި އަހުލާގީ މިންގަނޑުތައް އެންމެ ފުރިހަމައަށް ނަކަލުކުރާ މައުސޫމް ފުރާނަތަކެއް"

​​މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުއްޖަކު ހެދިބޮޑުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކުއްޖަކު އުޅޭ މާހައުލު ކަމަށާއި ހިތްހަމަޖެހުމާއި، ތަރުހީބާއި، އަދި ރައްކާތެރިކަން ލިބޭ "ހިތްފަސޭހަ" މާހައުލެއްގައި ބޮޑުވާ ކުއްޖަކީ، ދިރިއުޅުމުގެ ގޮންޖެހުންތަކަށް ކުރިމަތިލާން ކެރޭ، ހިކުމަތްތެރި މީހަކަށް ވާނެއެވެ.

​އަޅުގަނޑުމެންގެ ޒިންމާއަކީ އެކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުމެވެ. ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓްކަން ވަޒީރު ވަނީ ހަނދާންކޮށްދެއްވާފައެވެ.

​މިއަދު އަޅުގަނޑުމެން އާކުރަންވީ އަޒުމަކީ، ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާއެކު ހެދިބޮޑުވާ ކުއްޖަކަށް ހެދުން ކަމަށް ވެސް އެ މެސެޖްގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *