ގޮއިދޫ ސްކޫލްގެ ދަރިވަރުން މުރަކަ އާލާކުރަނީ

ބ. ގޮއިދޫ ސްކޫލްގެ ދަރިވަރުން މުރަކަ އާލާކުރުމުގެ މަޝްރޫއެއް ފަށައިފިއެވެ. މި މަޝްރޫއު ފެށީ ހުސްވި ބުދަދުވަހުއެވެ.

މުރަކަ އާލާކޮށް ހެއްދުމުގެ މަޝްރޫއެއް މި ފެށީ އެ ސްކޫލްގެ ނޭޗަރ ކުލަބުން އިސްނަގައިގެންނެވެ. މުރަކަ އިންދުމުގައި އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށް ދެނީ، ފަރުތަކުގެ ދިރުންތަކާބެހޭ ރާއްޖެއިން ބޭރުގެ މެރިން ބައިލޮޖިސްޓަކާއި، އޭނާއާއެކު މަސައްކަތް ކުރާ ދިވެހި ދެ ޑައިވަރުންނެވެ.

ގޮއިދޫ ސްކޫލް

ނޭޗަރ ކުލަބުގެ މެމްބަރުންނާއި ސީނިއަރ ޕްރިފެކްޓަރުން ހިމެނޭހެން 23 ދަރިވަރަކު ވަނީ ތިން ފުރޭމެއްގައި މުރަކަ ހަރުކޮށް، ގޮއިދޫ އެއް ފަޅެއްގެ ތެރޭގައި، ރަށާ ދުރުގައި އޮތް ހަނިފަރުގައި މި ފްރޭމްތައް އިންދާފައެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ވިދާޅުވީ މުރަކަލަ އާލާ ކުރުމުގެ ޕްރޮގްރާމެއް ފެށީ، ތިމާވެއްޓާ ގުޅުވައިގެން ގަސް އިންދުމުގެ ހަރަކާތްތައް އަބަދުވެސް އެ ސްކޫލުން ކުރިއަށް ގެންދާތީ، ހަޤީޤީ ތިމާވެއްޓެއް ރާއްޖޭގައި އޮތީ ކަނޑުގައި ކަމަށް ވާތީ، ކުދިންނަށް ފަރުތަކުގެ ދިރުން ނެތިދާ ގޮތް އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުންނެވެ.

ގޮއިދޫ ސްކޫލް

" އެއްގަމުގައި ހުންނަ ގަސް ހެދި ބޮޑުވެ، އެ ގަސް ކަނޑާ، ނެތިގެންދާ ތަން އަބަދުވެސް ލޯ މަތިން ފެންނަމުން ދަނީ. އެކަމަކު މުރަކަ ހަލާކުވެ ފަރުތަކަށް ގެއްލުން ލިބޭ ވާހަކަ އަޑުއިވެނީ. އެކުދިންނަށް އެމަލީ ގޮތުން ފަރުތަކަށް އަންނަ ބަދަލެއް ނުފެނޭ. މި ޕްރޮގްރާމުގެ ތެރެއިން ފަރުތަކާއި މުރަކައަށް އަންނަ ބަދަލުތައް އަމަލީ ގޮތުން ތަޖުރިބާ ކުރެވިގެންދާނެ" ނިޒާމް ވިދާޅުވިއެވެ.

160 ކުދިން ކިޔަވަމުން ގެންދާ، ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ހަނިފަރުގައި އިންދި މުރަކަތައް ވަކި ވަރަކަށް ބޮޑުވުމުން ބަދަލު ކުރަން ނިންމާފައި ވަނީ އެ ރަށާ ކައިރިއަށެވެ. އެއީ އެހާ ދުރުގައި އިންދައިގެން މޮނީޓާކޮށް ބަލަހައްޓަން ފަސޭހަ ނުވާނެތީއެވެ.

ގޮއިދޫ ސްކޫލް

" ރަށާ ކައިރީގައި މުރަކަތައް ހައްދަން ފެށުނީމާ ކުދިންނަށް ވެސް ހަފްތާގެ ބަންދު ދުވަސްތަކުގައި ގޮސް، އަންނަ ބަދަލުތައް މޮނީޓާކޮށް ބެލެހެއްޓޭނީ " ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ، އެ ސްކޫލުން ފެށި މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، އެ ރަށުގެ ފަރުގެ އެކި ސަރަހައްދުގައި މުރަކަ އިންދަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

ގޮއިދޫ ސްކޫލަށް އިތުރުކޮށް ދިން ބިމުގައި ރުއް އިންދުމުގެ ހަރަކާތެއް ދާދި ފަހުން އެ ސްކޫލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *