ސިންގަޕޫރު އެންޑް އޭޝިއަން ސްކޫލްސް މެތު އޮލިމްޕިއާޑް (ސަސްމޯ) އިން ބްރައިޓްވޭ އިންޓަރނޭޝަނަލްގެ 33 މެޑަލް ހޯދައި 33 ދަރިވަރުން ފައިނަލް ބުރަށް ހިނގެއްޖެއެވެ.
ސަސްމޯގައި މި އަހަރު 52 ޤައުމެއްގެ 61،700 ދަރިވަރުން ވާދަކުރިއެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ، ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ހަމައެކަނި ކިޔަވައިދެމުން ގެންދާ ބްރައިޓްވޭ އިންޓަރނޭޝާނަލް ސްކޫލުންނެވެ. ސަސްމޯގައި މި އަހަރު އެ ސްކޫލުން ބައިވެރިވި ދަރިވަރުން 33 މެޑަލް ހޯދިއިރު، އޭގެ ތެރޭގައި 4 ރަން މެޑަލާއި 10 ރިހި މެޑަލާއި 19 ރަންވަންލޯ މެޑަލް ހިމެނެއެވެ.

ސަސްމޯއިން މެޑަލް ހޯދާ ދަރިވަރުން ކޮލިފައި ވާނީ ސިންގަޕޫރު އިންޓަނޭޝަނަލް މެތު އޮލިމްޕިއާޑް ޗެލެންޖް (ސިމޮކް) އަށެވެ. މި މުބާރާތް ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.

ސަސްމޯ އަކީ ހިސާބުގެ އިލްމްގައި ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހިސާބުގެ ޝައުގުވެރިކަން އަލުން އާލާކުރުމަށް އެކުލަވާލާފައިވާ މުބާރާތެކެވެ. ސަސްމޯ މުބާރާތް ކުރިއަށް ގެންދަނީ ސްކޫލްތަކުގެ ކަރިކިއުލަމާ ގުޅުވައިގެންނެވެ. ސަސްމޯ މުބާރާތަށް ދަރިވަރުން ތައްޔާރުވުމުގެ ސަބަބުން ޕީއެސްއެލްއީ އަދި އޯލެވެލް އިމްތިހާނަށް އެހީތެރިވެދެ އެވެ.
advertisment
ހިޔާލު