"ކޮޅުމަޑުލު އެވޯޑް" ވޭމަންޑޫ ސްކޫލުގެ މުދައްރިސް އަކްރަމާއި ރިވާއަށް

ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން "ކޮޅުމަޑުލު އެވޯޑް" ވޭމަންޑޫ ސްކޫލުގެ ދިވެހި މުދައްރިސް، "އަޙްމަދު އަކްރަމް" އާއި ކެމިސްޓްރީ ޓީޗަރު، ފާތިމަތު ރިވާ އާދަމަށް ލިބިއްޖެއެވެ.

އަށް ދާއިރާއަކުން ދޭ ކޮޅުމަޑުލު އެވޯޑަށް ހުޅުވާލުމުން، ތަޢުލީމީ ދާއިރާއިން ކުރިމަތިލެއްވީ އެ ދެ ބޭފުޅުން އެކަންޏެވެ.

ދިވެހި މުދައްރިސް އަކްރަމް ވަނީ، ވިލާ ކޮލެޖުން 2022 ވަނަ އަހަރު މާސްޓަރަސް އޮފް ޓީޗިންގ ދިވެހި ލޭންގުއޭޖް ކޯސް ނިންމައި، އެ ކޯހުން އެއްވަނަ ހޯއްދަވާފައެވެ. އެ ކޯހުން އެއްވަނަ ހޯދުމުން ކޮލެޖް މެޑަލާއި ޤާސިމް އިބްރާހިމް އެވޯޑް ފޯރ އެކްސެލަންސްއާއި ވިލާ ކޮލެޖްގެ ބުކް ޕްރައިސް އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް އޭނާއަށް ލިބިވަޑައިގަންނަވާފައިވެއެވެ.

ރިވާ ވަނީ، 2024 ވަނަ އަަހަރު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިޔުކޭޝަން ކޯހުން އެއްވަނަ ހޯއްދަވާފައެވެ. އެ ކޯހުން އެއްވަނަ ހޯދުމުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ރިވާއަށް ލިބިވަޑައިގަންނަވާފައިވެއެވެ.

ކޮޅުމަޑުލު އެވޯޑަކީ އެ އަތޮޅަށް އެކި ދާއިރާތަކުން ޚިދުމަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު ދޭ އެވޯޑެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *