ޤައުމީ ޤުރްއާން މުބާރާތަށް ބޮޑުބަދަލެއް ގެނެސްފައިވާއިރު، އެ މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޮވަން ބާއްވާ އޮޑިޝަން ބުރު ބާއްވާނެ ތަންތަން ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅައިފިއެވެ.
އެ މަރުކަޒުން ބުނެފައިވަނީ، މި އަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާނީ ރާއްޖޭގެ ފަސް ސިޓީއެއްގެ އިތުރުން 17 ރަށެއްގައި ކަމަށެވެ. މި ރަށްތައް ކަނޑައަޅާފައި ވަނީ ކޮންމެ އަތޮޅަކުން ރަށެއް އަދި ސިޓީތައް ހިމެނޭ ގޮތަށެވެ.
މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާ ތަންތައް:
- ކުޅުދުއްފުށި ސިޓީ
- ތިނަދޫ ސިޓީ
- ފުވައްމުލައް ސިޓީ
- އައްޑޫ ސިޓީ
- މާލެ ސިޓީ
- ހއ. ހޯރަފުށި
- ހއ. ދިއްދޫ
- ށ، ފުނަދޫ
- ނ. މަނަދޫ
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އއ. ރަސްދޫ
- އދ. މަހިބަދޫ
- ވ. ފެލިދޫ
- މ. މުލި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ވޭމަންޑޫ
- ލ. ފޮނަދޫ
- ގއ. ވިލިނގިލި
- ސ. އައްޑޫ މީދޫ
އޮޑިޝަން ބުރުގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާއިރު، އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު 10 ސެޕްޓެމްބަރަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރު އޮންނާނީ 11 ސެޕްޓެމްބަރުން 19 ސެޕްޓެމްބަރަށް މާލޭގައެވެ.
advertisment
ހިޔާލު