ހުރިހާ ޚަރަދެއް ސައުދީ ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަރޝިޕަށް ހުޅުވާލައިފި

ސައުދީ ޢަރަބިއްޔާ ސަރުކާރުންދޭ 2026-2027 ސްކޮލަރޝިޕްތަކަށް ހުޅުވާލައިފިއެވެ.

މިއީ، ހުރިހާ ޚަރަދެއް ސައުދީ ސަރުކާރުން ހަމަޖައްސައިދޭ (ފުލީ ފަންޑެޑް) ސްކޮލާޝިޕްތަކެކެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން މެޑިސިންގ، އިންޖިނިއަރިންގ ވިޔަފާރިއާއި ގުޅޭ ދާއިރާތައް، އިންފޮރމޭޝާން ޓެކްނޮލޮޖީ، ސައިންސް އަދި އިސްލާމިކް ސްޓަޑީޒްގެ އަދި އެ ދަރިވަރަކު ދާއިރާތަކުން  ސައުދީ ޢަރަބިއްޔާގެ އެންމެމަތީ ފަންތީގެ ޔުނިވަރސިޓީތަކުން ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއާއި ހަމައަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތަތުތަކެކެވެ.

ސައުދީ ސްކޮލަރޝިޕްގެ ދަށުން ކިޔަން ހުޅުވާލި ދާއިރާތަކުގެ ތެރޭގައި، އިންޖިނިއަރިންއާއި މެޑިސިންއާއި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި އިސްލާމިކް ސްޓަޑީޒްއާއި ބިޒްނަސް ސްޓަޑީޒާއި ސައިންސްގެ ދާއިރާތައް ހިމެނެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކިޔަވަން ބޭނުންވާ ކޯހާއި ޝަރުޠުތައް ބެލުމަށް ފަހު ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް ރާއްޖޭގައި ހުންނަ ސައުދީ ޢަރަބިއްޔާގެ އެމްބަސީން ވަނީ އެދިފައެވެ.

ސައުދީ ޢަރަބިއްޔާ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  • އަންޑަގްރެޖުއޭޓް ނުވަތަ ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތައް
  • މާސްޓަރސް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯސްތައް

ވަނީ މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެތަނުގެ ވެބްސައިޓާއި ކުރި ޕޯޓަލް މެދުވެރިކޮށް އާންމުކޮށްފައެވެ. މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތްކަމަށްވާ ސައުދީ ޢަބިއްޔާއިންނެވެ.

މީގެ އިތުރުން މިކޯސްތަކަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ދަރިވަރުން(މިސާލަކަށް މެޑިސިންގ)، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ އެފަދަ ލައިސަންސްދޭ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *