ޖަޕާނުބަހަށް ޝައުޤުވެރިވޭތަ! އެމްއެންޔޫއިން މިހާރު ވަނީ ފުރުޞަތު ހުޅުވައިލާފައި

ޖަޕާނުބަހަށް ޝައުޤުވެރިވާ ފަރާތްތަކަށް "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1″ގެ ނަމުގައި ކޯހެއް ފަށަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައި، އެ ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއީ، ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއި ޖަޕާން ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ފަށާ ކޯހެކެވެ.

15 ހަފްތާއަށް ކުރިއަށް ގެންދާ މި ކޯހުން ފުރުޞަތު ދެނީ 12 އަހަރުން މަތީގެ ފަރާތްތަކަށް، ފޯމް ހުށައަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމް ހުށައަޅާ 30 ފަރާތަށެވެ. ކޯހަށް ފޯމް ހުށައަޅަން ޖެހޭ ސުންގަޑިއަކީ މޭ މަހުގެ 17 ވަނަ ދުވަހުގެ ރޭ 23.59 އެވެ.

އާޓްސް ފެކަލްޓީއަށް ހާޒިރުވެގެން ކިޔަވަންޖެހޭ މި ކޯހުގެ ކިޔެވުން ކުރިއަށް ގެންދަނީ އާދީއްތަ ދުވަހާއި އަންގަރަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ 19:00ން 21:00 އަށެވެ. ކޯހުގެ ފީއަކީ 2250 ރުފިޔާއެވެ.

މި ކޯހަށް ވަނުމުގެ ޝަރުޠަކީ ޖަޕާނު ބަހުގެ ބޭސިކް ކޯހެއް ނިންމާފައިވުމެވެ. ނުވަތަ އެ ފެންވަރުގެ ހުނަރު ކުރި ފަރާތަކަށް ވާންޖެހެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *