އަމިއްލަ ގޮތުން އޭ ލެވެލް ހަދާ 1200 ދަރިވަރުންނާއެކު މެއި/ ޖޫންގެ އިމްތިޙާން ފަށައިފި

ލ.ގަމުގައި ހުންނަ ޙަމަދު ސްކޫލުގައި މިއަދު ފެށި އޭލެވެލް އިމްތިޙާނު ކުރިއަށްދަނީ: މެއި/ޖޫންގައި އޭލެވެލް އިމްތިޙާނު ފެށީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު- ފޮޓޯ: ހަމަދު ސްކޫލް

އަމިއްލަ ގޮތުން އޭ ލެވެލް ހަދާ 1200 ދަރިވަރުންނާއެކު އޭ ލެވެލްގެ މެއި/ ޖޫންގެ އިމްތިޙާނު މިއަދު ފަށައިފިއެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން އޭލެވެލް އިމްތިޙާނު ބާއްވަމުން އައީ އޮކްޓޯބަރު/ ނޮވެމްވަރުގައެވެ.

މެއި/ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހަދަން ހުޅުވާލި ފުރުޞަތުގައި 1200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އެއީ މާލެ ސަރައްހައްދުން ބައިވެރިވި 900 އަށްވުރެ ދަރިވަރުންނާއި އަތޮޅުތަކުން ބައިވެރިވި 300 އަށްވުރެ ގިނަ ދަރިވަރުންނެވެ.

މެއި/ޖޫންގެ އޭލެވެލް އިމްތިޙާނު ރާއްޖޭގައި ކުރިއަށް ނުގެންދާތީ ދަރިވަރުންނަށް ސްކޮލާޝިޕް ހޯދުމުގެ ފުރުޞަތު ގެއްލޭ މައްސަލައިގައި ޕެޓިޝަނެއް ވެސް ދަރިވަރުން ތައްޔާރު ކުރިއެވެ. 2020 ވަނަ އަހަރު ހުއްޓާލި ގޮތަށް މެއި ޖޫންގައި އިމްތިޙާނު ބާއްވަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ނިންމީ މިދިޔަ ފެބުއަރީ މަހުގެ ތެރޭގައެވެ.

މެއި/ޖޫންގެ އޭލެވެލް އިމްތިޙާން މިއަދުން ފެށިގެން މަހެއްހާ ދުވަހަށް ކުރިއަށް ދާނެއެވެ.

މެއި/ޖޫންގެ އޭލެވެލް އިމްތިޙާނު ކުރިއަށް ގެންދާ ސެންޓަރުތަކާއި ބައިވެރިވާ ދަރިވަރުން:

މާލޭގެ ސެންޓަރުތައް: 916

އައްޑޫ ސިޓީ ހިތަދޫ" 147

ފުވައްމުލައް ސިޓީ: 27

ހއ. އިހަވަންދޫ: 15 ދަރިވަރުން

ހދ. ކުޅުދުއްފުށި: 11 ދަރިވަރުން

ށ. މިލަންދޫ: 17 ދަރިވަރުން

ރ. މީދޫ: 2 ދަރިވަރުން

ބ. އޭދަފުށި: 23 ދަރިވަރުން

ޅ. ނައިފަރު: 14 ދަރިވަރުން

ފ. ނިލަންދޫ: 12 ދަރިވަރުން

ދ. ކުޑަހުވަދޫ: 3 ދަރިވަރުން

ލ. ގަން: 26 ދަރިވަރުން

ގދ. ތިނަދޫ: 18 ދަރިވަރުން

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *