ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާގެ ފަރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސްގެ މާލީ އެހީތެރިކަމާއެކު އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ފޭލި ޖަމިއްޔާއިން ވަނީ، ބ. އޭއީސީގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބަށް ވަޑާންކުރާނެ އިންތިޒާމް ހަމަޖައްސާދީފައެވެ. އެތަނަށް ހޯދާދީފައިވަނީ ބެޓެރިން ބޭނުން ކުރާ ސާމާނުތަކެއެވެ. މިހާރު މި ލެބުގައި ފެހުމުގެ މަސައްކަތް ދަރިވަރުންނަށް ކުރިއަށް ގެންދެއެވެ.

ވޮކޭޝަނަލް މި ލެބް ތައްޔާރުކޮށްފައި ވަނީ ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވޭ ގޮތަށެވެ.
ވޮކޭޝަނަލް ލެބުގެ އިތުރުން ޑިޖިޓަލް މިނީ ސްޓޫޑިއޯ ސެޓަޕެއް ވެސް ފޭލި ޖަމިއްޔާއިން ވަނީ ބ. އޭއީސީގައި ޤާއިމްކޮށްދީފައެވެ. މި ތަން ތައްޔާރުކޮށްދީފައި ވަނީ އެ ސްކޫލުގައި ކުރިއަށް ގެންދާ ހަރަކާތްތައް ލައިވްކުރުމާއި ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ ފެންވަރަށެވެ.
ފޭލި ޖަމިއްޔާއިން މި މަސައްކަތް ކޮށްދީފައިވަނީ، ދަރިވަރުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުރިއަރުވައި ތަމްރީނުދީ މަސައްކަތުގެ ތެރެއަށް އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައެވެ.

ބީއެމްގެ މާލީ އެހީތެރިކަމާއެކު ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މުޖްތައަށް ފައިދާ ހުރި މިފަދަ މަސައްކަތްދަނީ ކުރަމުންނެވެ. ބީއެމްއިން މާލީ އެހީ ދެނީ ޖަމިއްޔާތައް ބާރުވެރިކުރުވައި އެ ޖަމިއްޔާތައް މެދުވެރިކޮށް މި ފަދަ މަސައްކަތް މުޖްތަމައަށް ކޮށްދިނުމުގެ ބޭނުމުގައެވެ.
advertisment
ހިޔާލު