ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން ފާހަގަކޮށްފި

ކެޔޮދޫ ސްކޫލް
ކެޔޮދޫ ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން: ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު

ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން މިއަދު ފާހަގަކޮށްފިއެވެ.

ވ. އަތޮޅުގައި މަތީ ސާނަވީގައި ހިމެނޭ ގުރޭޑް އެގާރަ އަށް ކިޔަވައިދޭން ފެށީ އެ އަތޮޅު ކެޔޮދޫ ސްކޫލްގައެވެ. ވ. އަތޮޅުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭލެވެލްއަށް ކިޔަވައިދެމުން ގެންދާނެއެވެ.

ވ. އަތޮޅުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ކެޔޮދޫގައި އޭލެވެލްއަށް ކިޔަވަމުން ގެންދަނީ އެރަށުގެ ހަ ދަރިވަރުންނެވެ.

ކެޔޮދޫ ސްކޫލްގެ އިތުރުން އއ. ތޮއްޑޫ ސްކޫލާއި ގއ. ދާންދޫ ސްކޫލުގައި ވަނީ މިއަހަރު މަތީ ސަނަވީއަށް ކިޔަވައިދޭން ފަށާފައެވެ.

ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލްތަކުގެ އަދަދަކީ 34 އެވެ. އެ ސްކޫލްތަކުން 1173 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *