އިންޑިޔާ ސަރުކާރުގެ އައިސީސީއާރު ސްކީމްގެ ދަށުންދޭ އަޔޫޝް ސްކޮލަރޝިޕްތަކުގެ މުއްދަތު މޭ 15 އަށް ހަމަވާނެ

އިންޑިޔާ ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ (ފުލީ ފަންޑެޑް) އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) އަޔޫޝް ގެ ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ.

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް 2026/2027 އަޔޫޝް ސްކީމަކީ ޔޫނާނީ ބޭސްވެރިކަމާއި، އަޔޫރްވެދާ، ހޯމިއޯޕަތީ، ޔޯގާ އަދި ސިއްދާގެ ދާއިރާއިން އިންޑިއާގެ އެންމެމަތީ ފަންތީގެ ޔުނިވަރސިޓީތަކުން ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ.އާއި ހަމައަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތަތުތަކެކެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މެއި 2026 ވާ ހުކުރު ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އައި.ސީ.ސީ.އާރު.  ވަނީ އެދިފައެވެ.

އައި.ސީ.ސީ.އާރު-އަޔޫޝް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  • އަންޑަގްރެޖުއޭޓް ނުވަތަ ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތައް
  • މާސްޓަރސް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯސްތައް
  • ޕީ.އެޗް.ޑީ. އަށް

އައި.ސީ.ސީ.އާރު.އިން ވަނީ މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެތަނުގެ ވެބްސައިޓާއި ކުރި ޕޯޓަލް މެދުވެރިކޮށް އާންމުކޮށްފައެވެ. މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތްކަމަށްވާ އައި.ސީ.ސީ.އާރު.އިންނެވެ.

މީގެ އިތުރުން މިކޯސްތަކަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *