ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނުވަ ދަރިވަރުންނަށް ލިބިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާން ލިބެނީ ގުރޭޑް ޕޮއިންޓް އެވުރެޖް 3.5 ނުވަތަ އެއަށްވުރެ މަތިން ހޯދުމާއެކު އެކި ކޯސްތަކުން އެއްވަނަ ހޯދާފައިވާ ދަސްވެނީންނަށެވެ.
މި އަހަރުގެ ފުރަތަމަ ޓާމުގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން މި އިނާމް ހޯދީ ފެކަލްޓީ އޮފް އާޓްސްގެ ތިން ދަރިވަރުންނާއި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ދެ ދަރިވަރުންނާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ދަރިވަރަކާއި ފެކަލްޓީ އޮފް ޝަރީޢާއިން ލޯގެ ދަރިވަރެއްގެ އިތުރުން ސްކޫލް އޮފް ނާސިންގެ ދަރިވަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާޞިލްކުރި ދަރިވަރުން:
މަރްޔަމް މަނާލް މުސްތާޤު- ފެކަލްޓީ އޮފް އާރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
ރަނާ ވަހީދު- ފެކަލްޓީ އޮފް އާރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
ވިލާދާ އަބްދުލް އަޒީޒު – މާސްޓަރސް އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ
އާއިޝަތު ދިފްލާ އިބްރާހިމް – ބެޗްލާސް އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް
ޒުނީނާ ހަބީބު – ބެޗްލާސް އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް
ފަޟްލާ އަބޫބަކުރު – މާސްޓަރސް އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް)
މަރިޔަމް އަނީސް- މާސްޓަރސް އޮފް ސައިންސް އިން ސައިކޮލޮޖީ (ކްލިނިކަލް)
ފާޠިމަތު ނަޒުފާ އިރުޝާދު – ބެޗްލާސް އޮފް ޝަރީއާއިން ލޯ (އޮނާސް) ފުރަތަމަ ކިލާސް
ފާޠިމަތު އަޒުމާ އަލީ- ސްކޫލް އޮފް ނާސިންގ
ފުރަތަމަ ޓާމުގައި ޤައުމީ ޔުނިވަރސިޓީން 866 ދަރިވަރުން ދަސްވެނިފައިވެއެވެ. އެންމެ ގިނަ ދަރިވަރުން ދަސްވެނިވީ ސްކޫލް އޮފް ނާސިންގއިންނެވެ.
advertisment
ހިޔާލު