ސެޓްލައިޓް ސްކޫލްތަކުގެ ގޮތުގައި ތަރައްގީ ކުރާ ސްކޫލްތައް އަންނަ މަހުގެ 24 ވަނަ ދުވަހު ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ކުދިން ހަ،މަނުވުމުގެ ސަބަބުން ކިޔެވުން ކުރިއަށް ނުގެންދެވޭ ރަށްރަށާއި، ސްކޫލް ނެތް ރަށުގައި ކުރިއަށް ގެންދާ ސެޓްލައިޓް ސްކޫލް ގާއިމް ކުރަން ނިންމާފައި ވަނީ ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައެވެ.
ވ.ތިނަދޫގައި ސެޓެލައިޓް ސްކޫލް ފެށުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މިއަދު ބައްލަވާ ލައްވަފައެވެ،
ސެޓްލައިޓް ސްކޫލް ހުޅުމުގެ ތައްޔާރީތައް ވަމުންދާތީ، އެ ތިން ރަށުގައި ގާއިމްކުރާ ސްކޫލްގައި ކިޔަަވަން ބޭނުންވާ ދަރިވަރުން ފޯމު ހުށަހަޅަން މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކޫލްތަކުގެ ކިޔެވުން ފެށި ނަމަވެސް ޔުނީފޯމްގެ ގޮތުގައި ބޭނުންކުރާނީ އެކުދިން މިހާރުވެސް ބޭނުންކުރާ ޔުނީފޯމެވެ. ސެޓްލައިޓް ސްކޫލްތަކުގައި އެކަމަށް ޚާއްޞަ އިމާރާތެއްގެ އިތުރުން ކިޔަވައިދޭން މުދައްރިސުން ވެސް ތިއްބަވާނެއެވެ. މި ސްކޫލްތަކުގައި ކިޔަވާ ދިނުން ކުރިއަށް ގެންދާނީ އެހެން ސްކޫލްތަކާ ގުޅިގެންނެވެ.
advertisment
ހިޔާލު