އުޒްބެކިސްތާންގެ ސަރުކާރުން ދޭ އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސީއީއެސް.ސީއޯ) ގެ ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދި ކުރި އިއުލާނުގައި ބުނެފައިވަނީ، މި ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދޭ ފަސް ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ހުޅުވާލާފައިވަނީ:
- ޓަޝްކެންޓް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި ބެޗްލަރސް އޮފް ޖެނެރަލް މެޑިސިންއަށް ކިޔެވުމަށާއި،
- ސެންޓަރަލް އޭޝިއަން ގްރީން ޔުނިވަރސިޓީގައި، ބެޗެލަރސް އޮފް އެންވަޔަރަމެންޓަލް އެންޑް ސަސްޓެއިނަބަލް މެނޭޖްމެންޓާއި އެންވަޔަރަމެންޓް އެންޑް އިކޮނޮމިކްސްއާއި އިކޮލޮޖީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔެވުމަށެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށާއި އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އައިސީއީއެސްސީއޯގެ ވެބްސައިޓުންނާއި އެ ވުޒާރާގެ ޕޯޓަލް އިން ލިބެން ހުންނާނެ ކަމަށެވެ.
މި ކޯސްތަކަށް 15 މެއި 2026 ވާ ހުކުރު ދުވަހުގެ ކުރިން އައިސީއީއެސްސީއޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ޖެހެއެވެ.
advertisment
ހިޔާލު