"އެލައިޑް ހުޅުމާލެ ރަން 2026″ އަށް ތައްޔާރުވުމުގެ ގޮތުން، އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށް "ޝެއަރ ދަ ރަން" ގެ ނަމުގައި ހާއްސަ ގިވްއަވޭއެއް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ތައާރަފު ކޮށްފިއެވެ.
އަންނަ މެއި މަހުގެ 23 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނާ ގުޅޭ ގޮތުން އެލައިޑުން ބުނީ، ހުޅުމާލެ ރަންއަށް ތައްޔާރުވުމާއި ވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގިވްއަވޭގެ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވަނީ އެންމެ ފަހުގެ އެޕަލް އެއަރޕޮޑްސް ޕްރޯ 3 އެއް ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކުރަންޖެހޭނެ ކަމަކީ:
- އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުން.
- އެލައިޑްގެ ދުވުމާ ގުޅޭ ޕޯސްޓްތައް އިންސްޓަގްރާމް ސްޓޯރީއަށް ޝެއަރ ކުރުން.
- ސްޓޯރީ ޝެއަރ ކުރާއިރު @allied.mv ޓެގްކޮށް #AlliedHulhumaléRun2026 ހޭޝްޓެގް ބޭނުންކުރުން.
އެލައިޑުބް ބުނީ، މި ޕްރޮމޯޝަންގައި އިނާމު ލިބޭނީ އެންމެ ގިނައިން ސްޓޯރީ ޝެއަރ ކުރާ ފަރާތަކަށެވެ. އަދި ޕްރައިވެޓް އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކުން ސްޓޯރީ ޝެއަރ ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުވުމުން ބައިވެރިވުން ކަށަވަރުވާނެ ކަމަށެވެ.
"ޝެއަރ ދަ ރަން" ޕްރޮމޯޝަންގެ އިތުރު މަޢުލޫމާތު އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން ލިބެން ހުރިއިރު، ވީހާ ވެސް ގިނަ ބަޔަކު އިޖުތިމާއީ މި ހަރަކާތުގެ ބައިވެރިއަކަށް ވުމަށް ދައުވަތު އެލައިޑުން ދައުވަތުދެއެވެ.
advertisment
ހިޔާލު