ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓް މަޤާމަށް މީހަކު ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިއުލާން ކޮށްފިއެވެ.
ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމުގައި މިހާރު ތިން ބޭފުޅަކު މަސައްކަތް ކުރަމުން ގެންދެއެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމުގެ މައިގަނޑު ޒިންމާ ތަކުގެ ތެރޭގައި، ސުޕްރިންޓެންޑެންޓުންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސުޕްރިންޓެންޑެންޓުން ކަނޑައަޅާ މަސައްކަތްތަކުގައި ސުޕްރިންޓެންޑެންޓުންނަށް އެހީތެރިވުމާއި ސުޕްރިންޓެންޑެންޓުން ނެތް ހާލަތްތަކުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިރުޝާދާއާއެކު ސުޕްރިންޓެންޑެންޓުންގެ މަސްއޫލިއްޔަތުތައް އަދާކުރުމެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ވަސީލަތްތައް ހަމަހަމަ ކަމާއެކު ސްކޫލްތަކަށް ލިބިދެވޭކަން ކަށަވަރު ކުރުރެވޭނެ ނިޒާމަކާއި އިންތިޒާމެއް ސްކޫލުތަކުގެ ވެރިންގެ މަޝްވަރާގެމަތިން ހަމަޖެއްސުމާއެކު، މިފަދަ އިންތިޒާމްތަކުގެ އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުމާއި ތަޢުލީމުގެ ޤާނޫނު ތަންފީޒުކުރުމުގައި ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ ހައިސިއްޔަތުން ޙަވާލުކުރެވިފައިވާ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމާއެކު، މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި، ހެދިފައިވާ އެހެނިހެންވެސް ޤަވައިދުތަކާ ޚިލާފުނުވާގޮތެއްގެ މަތިން ސުޕްރިންޓެންޑެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ތަޢުލީމުގެ ޤާނޫނުން މިނިސްޓަރ ނިންމާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސުޕްރިންޓެންޑެންޓަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ޒިންމާތައް ހިމަނާފައިވެއެވެ.
ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއި، އެ ސަނަދުގެ ދިރާސާ ސްކޫލް ހިންގުމުގެ ދާއިރާއަށް ޚާއްޞަ ކުރެވިފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ސްކޫލް ހިންގުމުގެ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު ، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން 3 އަހަރު ޕްރިންސިޕަލްގެ މަގާމުގައި ސްކޫލް އިސްވެ ހިންގުމުގައި ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ސްކޫލް ހިންގުމުގެ ދާއިރާ ނުވަތަ ތަޢުލީމީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން 4 އަހަރު ޕްރިންސިޕަލްގެ މަގާމުގައި ސްކޫލް އިސްވެ ހިންގާފައި ހުރުން ހިމަނާފައިވެއެވެ.
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ 28 އެޕްރީލް ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، އޮންލައިން ލިންކް މެދުވެރިކޮށެވެ.
ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓެއްގެ އަސާސީ މުސާރައަކީ 17،985 ރުފިޔާއެވެ. މަޤާމު އެލަވަންސަކީ 10،300 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ ހާޒިރުވާ ކޮންމެ ދުވަހަކަށް
279 ރުފިޔާއެވެ. މީގެ އިތުރުން ޓެނުއަރޝިޕް އެލަވަންސެއްގެ ގޮތުގައި 5،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓެއް ހޮވުމުގައި ބަލާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވަނީ، އަސާސީ ޝަރުޠުތަކާއި ތައުލީމާއި ތަޖުރިނާއާއި އިންޓަވިއުގެ އިތުރުން ޕްރެކްޓިކަލްއަށެވެ.
advertisment
ހިޔާލު