ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް: ފުރަތަމަ މެޗް ގުޅި ސްކޫލަށް، އިމާދުއްދީނާއި ކެލާފާނުވީ އެއްވަރު

ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ގެ ފުރަތަމަ މެޗްގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ގުޅި ސްކޫލް ކުޅުނު މެޗްގެ ތެރެއިން- ފޮޓޯ: އެފްއޭއެމް

17 އަހަރުން ދަށުގެ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވައިދިން މެޗް ގުޅީ ސްކޫލުން ކާމިޔާބު ކޮށްފިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް ގުޅީ ސްކޫލުން ކާމިޔާބު ކުރީ 1-2 ގެ ތަފާތަކުންނެވެ. ދެވަނަ މެޗްގައި ކަލާފާނާއި އިމާދުއްދީނާވީ އެއްވަރެވެ.

މިއަދު ހަވީރުވެސް ދެ މެޗް ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗްގައި ކުޅޭނީ މާފުށި ސްކޫލާއި މުޙްޔިއްދީން ސްކޫލެވެ. ދެޗަނަ މެޗްގައި ކުޅޭނީ ކެޔޮދޫ ސްކޫލާއި ހުރަވީ ސްކޫލެވެ.

ގުޅީ ސްކޫލާ ގުޅުނު މެޗްގައި އަޙްމަދިއްޔާއިން ލީޑް ނެގީ މެޗް ފެށައި، ތިން ވަނަ މިނެޓްގައެވެ. ގުޅީ ސްކޫލުން ކުރި ހޯދީ ފަހުހާފުގައި ދެ ލަނޑު ޖަހައިގެންނެވެ.

ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕްގައި 25 ސްކޫލަކުން ވާދަކުރެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *