ކޮވިޑް19 އިން ރައްކާތެރި ވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 27،697 ދަރިވަރުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު، ހުސްވި އާދީއްތަ ދުވަހާ ހަމައަށް ވެކްސިންގެ ދެވަނަ ޑޯޒް 171 ސްކޫލަކުން ވަނީ ފުރިހަމަ ކޮށްފައެވެ. އެއީ 27،697 ދަރިވަރުންނެވެ. މިއާއެކު 218 ސްކޫލްގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަކޮށް ނުނިމެނީ އެންމެ 47 ސްކޫލެއްގެ ދަރިވަރުންނެވެ. ފުރަތަމަ ޑޯޒް ޖެހި ދަރިވަރުންގެ އަދަދަކީ 35989 އެވެ.
ރާއްޖޭގައި މިހާރު ދެނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ދެމުންނެވެ. ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހާއިރު، ވެކްސިން ދޭންޖެހޭ ކުދިންގެ ޖުމްލަ އަދަދު 40 ހާހަށް އަރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ސްކޫލްތަކުގައި ކިޔަވަމުން ދާ ކުދިންގެ އިތުރުން އޯލެވެލް ނިންމި ދަރިވަރުންނަށް ވެސް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ.
advertisment
ހިޔާލު