ސާޅީސް ވަނަ އަހަރީ ދުވަހު، 40 މިނިޓަށް ޤުރުއާން ކިޔެވުމުގެ ހަރަކާތެއް ފައިނު ސްކޫލުން ކުރިއަށް ގެންދަނީ

ފައިނު ސްކޫލް
ފައިނު ސްކޫލްގެ ދަރިވަރުން: ސާޅީސްވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ވީހާވެސް ގިނަ ދަރިވަރުން ބައިވެރިކުރާނެ – ފައިނު ސްކޫލް

ސާޅީސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 40 މިނިޓަށް ޤުރުއާން ކިޔެވުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ރ. ފައިނު ސްކޫލުން ނިންމައިފިއެވެ.

އެ ސްކޫލްގެ އެކްޓިން ޕްރިންސިޕަލް އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ ސާޅީސް ވަނަ އަހަރީ ދުވަސް މާދަމާ ފަށާނީ ފަތިސް ނަމާދުން ކަމަށާއި، ޤުރުއާން ކިޔެވުމުގެ ހަރަކާތް ކުރިއަށް ގެންދާނީ ފަތިސް ނަމާދަށްފަހު، އެރަށު މިސްކިތުގައެވެ.

" މިސްކިތަށް ދެވޭ އުމުރުގެ ހުރިހާ ކުދިން ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށްފަހު، ޤުރުއާން ކިޔެވުމުގެ ހަރަކާތް ކުރިއަށް ގެންދާނީ" އުމަރު މަނިކު ވިދާޅުވިއެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފައިނު ސްކޫލުން ދަނީ 40 މިނިޓަށް ދެމިގެންދާ ކަސްރަތު އެކުލެވޭ ހިނގާލުމާއި، ސްކޫލް ސާފް ކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދަން ރާވާފައެވެ.

އުމަރު މަނިކު ވިދާޅުވީ މުސްތަގުބަލުގައި އެ ސްކޫލް ހުންނާނެ ގޮތް ސިފަކޮށްދޭނެ އާޓް ކޮމްޕެޓިޝަނެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އާޓް ކޮމްޕެޓިޝަނުގައި ދަރިވަރުން އެ ކުއްޖަކުގެ ތަޞައްވަރު ހުށަހަޅާނީ ކުރެހުމުން ނޫނީ ލިޔުމުގެ އިތުރުން މޮޑެލެއްގެ ގޮތުގައި ކަމަށެވެ.

ފައިނު ސްކޫލްގައި 97 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *