ޤައުމީ ރިސާޗް ގްރާންޓް 14 ޓީމަކަށް ހަވާލުކޮށް، ވިލާ ކޮލެޖް ރިސާޗް ގްރާންޓް މި އަހަރަށް އިފްތިތާޙްކޮށްފި

ޤައުމީ ރިސާޗް ގްރާންޓް 14 ޓީމަކަށް ހަވާލުކޮށް، ވިލާ ކޮލެޖް ރިސާޗް ގްރާންޓް މި އަހަރަށް އިފްތިތާޙްކޮށްފިއެވެ.

ޖުމްލަ 1.5 މިލިއަން ދިވެހި ރުފިޔާގެ މި ފަންޑަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ނޭޝަނަލް ރިސާޗް ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢެކެވެ. މި ޕްރޮގްރާމްގެ ގްރާންޓް މެނޭޖްމަންޓް އިންސްޓިޓިއުޝަންގެ ޙައިޞިއްޔަތުން، ޕްރޮޕޯސަލްތައް ހޯދުމާއި، އިވެލުއޭޝަން މަރުޙަލާތައް ވިލަރެސްކުރުމާއި، ޕްރޮގްރާމް ޖުމްލަ ގޮތެއްގައި ހިންގުމުގެ މައިގަނޑު ޒިންމާ އުފުލަމުންދަނީ ވިލާ ކޮލެޖުންނެވެ.

މި ފުރުޞަތަށް ހުށަހެޅުނު 21 ޕްރޮޕޯސަލްގެ ތެރެއިން 14 މަޝްރޫޢެއް ފަންޑިންގއަށް ހޮވިފައިވަނީ ތިން މަރުޙަލާއަކަށް ބެހިފައިވާ އިވެލުއޭޝަނަކަށް ފަހުގައެވެ. މި ނަތީޖާއިން، ދިވެހިރާއްޖޭގެ ދިރާސީ މައިދާން ފުޅާވަމުންދާ މިންވަރާއި، ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ފެންވަރު ރަނގަޅުކަން ދޭހަވެއެވެ.

މި ގްރާންޓް ލިބުނު މަޝްރޫޢުތައް އަމާޒުކުރެވިފައިވަނީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ މައިގަނޑު ހަތަރު ތަނބަކަށެވެ. އެއީ:.

ގަވަރނަންސް، ސޭފްޓީ އެންޑް ވެލްބީއިންގ ދާއިރާ:

  • ކްލިނިކަލް ގަވަރނަންސް އެންޑް އިޓްސް އިންފްލުއެންސް އޮން ކޮލިޓީ އެޝުއަރެންސް އެންޑް ރިސްކް މެނޭޖްމަންޓް ޕްރެކްޓިސަސް އިން ދަ ހޮސްޕިޓަލްސް އޮފް މާލެ، މޯލްޑިވްސް –  (ޔޫޝާއު ނޫމާން، އާއިޝަތު ރަފާހަތު ރަމީޒް، ޑރ. އާއިޝަތު ސެލްނާ، ޑރ. މުޢިއްޒު އިބްރާހީމް)
  • ކްލިނިކަލް ޑިސިޝަން-މޭކިންގ ވެރިއަބިލިޓީ އެންޑް އިންޓަރޕްރޮފެޝަނަލް ކޮންސެންސަސް އިން ހެލްތްކެއަރ ޕްރެކްޓިސް އިން ދަ މޯލްޑިވްސް: އަ މިކްސްޑް-މެތަޑްސް ސްޓަޑީ –  (އާއިޝަތު މާލާ، އާއިޝަތު ޝަމީލާ، ނަޒީރާ ނަޖީބް، ފާޠިމަތު ޞާލިޙާ، ޖަބީން މުޙައްމަދު، ޑރ. ނަޒްލާ މުޞްޠަފާ، ޑރ. އަސްމާ ޠާހާ، ޑރ. ކިމްބަރލީ އިންގްލިޝް، އޮޕެއޮލުވާ އޯ. އޮލަބޯޑޭ، ޑރ. އަރޮކިއަ-މަރީ އިގްނަސިމުއްތޫ)
  • ޑިވެލޮޕްމަންޓް އޮފް އަ ކޮމިއުނިޓީ ކްލައިމެޓް ހެލްތް ވަލްނަރަބިލިޓީ މެޕިންގ ޓޫލް ފޮރ ކްލައިމެޓް ސެންސިޓިވް ޑިޒީސަސް އެންޑް ކޮންޑިޝަންސް – (ޕުޝްޕަރަތީ ޗިންނާޔަން ނާޑަރ، އާއިޝަތު މާލާ، ޑރ. އަރޮކިއަމަރީ އިގްނަސިމުއްތޫ، ކޮނޭނޯ ޕެސޭޔީ، ޑރ. މަނޯ ޕްރިޔާ ވިޖަޔަން)
  • ޕްރިސްކްރައިބިންގ ޕެޓަރންސް އެންޑް ގައިޑްލައިން އެޑްހިއަރެންސް ފޮރ އެންޓިޑައިބެޓިކް ޑްރަގްސް އިން ހެލްތްކެއަރ ފެސިލިޓީޒް އޮފް ދަ މޯލްޑިވްސް: އަ މަލްޓި-ސެންޓަރ ރިޓްރޮސްޕެކްޓިވް ސްޓަޑީ – (ޑރ. މޮނިކާ އަރޯރާ، ޑރ. ޢަބްދުލް މާލިކް، ޑރ. ތަންމޭ ބަގާޑޭ، ޑރ. ފާޠިމަތު ނަދިޔާ، ޑރ. އާއިޝަތު ސެލްނާ، ޑރ. އާނަންދު ގޯރަވް)
  • އެކްސްޕްލޯރިންގ ދަ ސްޓޫޑެންޓްސް ޑީވިއަންޓް ބިހޭވިއަރ އެންޑް ޕޮލިސީ އިމްޕްލިމެންޓޭޝަން އެޓް ދަ ނޭޝަނަލް ލެވެލް – (ފާތިމާ އަފްސަރު، ފާޠިމަތު ސަމާޙަތު، ވިނަޔާ ސާރާ ވިންސެންޓް، ކޭސިޔާ އެލިޒަބަތު ޖެއިން)
  • ފެއިތް، ޕަވަރ، އެންޑް ޕަބްލިކް ސޭފްޓީ: އަ މަޤާޞިދު-އިންފޯމްޑް މޮޑެލް ފޮރ އައިލެންޑް ގަވަރނަންސް – (ޑރ. މުޙައްމަދު ޝެކައިބް ޢާލަމް، ޑރ. ޝަޒާ ޝުކްރީ، ޑރ. ހަސްބީ އަސްވަރު، ޑރ. ޖައްވާދު ޢަލީ، ޑރ. މުޙައްމަދު ޞާލިޙް، އާމިނަތު ތިޒްކާރު ޔޫސުފް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު، މުޙައްމަދު ޞަފްވާން އަޙްމަދު ޢާދިލް)

އިޤްތިޞާދީ ކުރިއެރުން އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ:

  • ޑިޓަރމިނަންޓްސް އޮފް އިންފޯމަލް ފޮރިން އެކްސްޗޭންޖް މާކެޓްސް އިން ދަ މޯލްޑިވްސް –  (ޑރ. އަބުލްރަޙްމާން އަބޫބަކުރު، ޢަބްދުﷲ ނާފިޒް، ނިކިލް ވިމަލާ މުރަލީދަރަން، ޝަޖީރް ސައިނުއްދީން، ޑރ. މުޙައްމަދު އިމްތިޔާޒް އެމް.، މެރިންނަގޭ ރުޗިރާ އޭ.، މުޙައްމަދު ޙަމްދޫން، ޖަމީލު އޭ. ވައްމާކޯ)
  • ރީޖެނެރޭޓިވް ޓޫރިޒަމް ގަވަރނަންސް ފޮރ އައިލެންޑް ރެޒިލިއެންސް އިން މޯލްޑިވްސް (ރީޖެންމޯލްޑިވްސް) – (ޢަލީ ޝަރީފު، ސިޔާމަކް ސޭފީ، ޑރ. ޢަލީ ނަޖީބް)
  • ބްރިޖިންގ ބެރިއަރސް: ކޯ-ޑިޒައިނިންގ އިންކްލޫސިވް ޕާތުވޭސް ފޮރ ޔޫތު އެމްޕްލޯއިމަންޓް އެންޑް ޓްރެއިނިންގ –  (ޑރ. އާއިޝަތު ނަޝީދާ، ޑރ. އެލެގްޒެންޑަރ އޮޑޮނެލް، އަޙްމަދު ތައިނަމް)

ޑިޖިޓަލް ޓްރާންސްފޯމޭޝަން އެންޑް އިނޮވޭޝަން ދާއިރާ:

  • ޖެނެރޭޓިވް އޭ.އައި.، އެކަޑެމިކް އިންޓެގްރިޓީ، އެންޑް އެސެސްމަންޓް އިނޮވޭޝަން: އަ ކޮމްޕްރިހެންސިވް އިންވެސްޓިގޭޝަން އޮފް ސްޓޫޑެންޓް ޔޫސް އެންޑް ލެކްޗަރަރ އެޑަޕްޓޭޝަން އިން މޯލްޑިވިއަން ހަޔަރ އެޑިއުކޭޝަން – (ޙައްވާ އަލީޝާން ޢަބްދުލްޙައްނާން، ޑރ. މަމްދޫހާ އިސްމާޢީލް، އުޝާއު ނޫމާން، ޑރ. ޖީތޭޝް ކުމާރު)
  • ނޮލެޖް ގްރާފް–ޑްރައިވަން އެޑެޕްޓިވް އޭ.އައި އެސެސްމަންޓް ފޮރ ހަޔަރ އެޑިއުކޭޝަން – (ފާޠިމަތު ހުމާމް، ޑރ. އިބްރާހީމް ޝިޔާމް)
  • ރީއިމޭޖިނިންގ ކަރިކިއުލަމް އިންޓެގްރޭޝަން އިން ހަޔަރ އެޑިއުކޭޝަން: ޑިވެލޮޕިންގ އެންޑް އެނެކްޓިންގ އަ ކަނެކްޓެޑް ކަރިކިއުލަމް ފްރޭމްވަރކް އެލައިންޑް ވިތް އެޑިއުކޭޝަން 5.0 – (މޫސާ މުޙައްމަދު މަނިކު، ޑރ. މުޙައްމަދު ޢާދިލް، މާގްރެޓް ވިޖޭ، ޝުމްރާ އިބްރާހީމް، މަރިޔަމް ނިހާދު، ޝަފާ އަޙްމަދު)

ގްރީން އެޖެންޑާ ދާއިރާ:

  • ސަސްޓެއިނަބަލް ބަޔޯޑީގްރޭޑަބަލް ކޮމްޕޮސިޓްސް ފްރޮމް ފިޝް ވޭސްޓް، ކޮއިރ، އެންޑް ބަނާނާ ފައިބަރ – (ޑރ. ސަރަވަނަކުމާރު ސެންގޮއްޓައިޔަން، ޑރ. ވިނޯތު ވީ.)
  • ސަސްޓެއިނަބަލް ޔުޓިލައިޒޭޝަން އޮފް ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން (ސީ އެންޑް ޑީ) ވޭސްޓް ޑިރައިވްޑް ރީސައިކަލްޑް ކޯރސް އެގްރިގޭޓްސް (އާރް.ސީ.އޭ) އިން ކޮންވެންޝަނަލް ކޮންކްރީޓް އެންޑް ޖިއޯޕޮލިމަރ ބައިންޑަރ ސިސްޓަމްސް ޓު ރިޑިއުސް އެގްރިގޭޓް އިމްޕޯޓް ޑިޕެންޑެންސީ އިން ދަ މޯލްޑިވްސް -(ޑރ. ޕްރޭމް ކުމާރު ވެޖެސްޓަން، ޑރ. މަނީކަންޑަން ޕެރިޔަސާމީ، ޑރ. ކަލްޕަނާ މަނޯހަރަން)

މި ރަސްމިއްޔާތުގެ ތެރެއިން، 500,000 ދިވެހި ރުފިޔާގެ ބަޖެޓަކާއެކު ކުރިއަށްގެންދާ "ވިލާ ކޮލެޖް ރިސާޗް ގްރާންޓް 2026″ ވެސް ވަނީ ރަސްމީކޮށް ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ވިލާ ކޮލެޖުގެ ސްޓްރެޓެޖިކް އަމާޒުތަކާއި، އ.ދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ  ގުޅުވައިގެން ޤައުމަށް ފައިދާހުރި ދިރާސާތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވޭ މުހިންމު ފުރުޞަތެކެވެ.

ދިވެހިރާއްޖޭގެ ރިސާޗާއި އިނޮވޭޝަންގެ މައި މަރުކަޒެއްގެ ގޮތުގައި ވިލާ ކޮލެޖު އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކޮލެޖުގެ އެކަޑެމިކް މުވައްޒަފުންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ތަފާތު ދާއިރާތަކުން ދިރާސާކުރުމަށް ވިލާ ކޮލެޖުން އަބަދުވެސް ދަނީ ހިތްވަރުދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *