ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕް މާދަމާ ފަށާނެއެވެ. މި މުބާރާތް ކުރިއަށް ދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގެ ދަނޑުގައެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 25 ސްކޫލުން ވާދަކުރެއެވެ.
މާދަމާ އިން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ޓްރެކް ދަނޑުގައި، ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާއިރު، މި މުބާރާތުގައި މި ސަރަހައްދުން 25 ސްކޫލްތަކެއް ވާދަކުރެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ކުޅޭނީ ގުޅި ސްކޫލާއި، އަހުމަދިއްޔާއެވެ.
މި މުބާރާތުގައި ކުޅެނީ، ގުޅި ސްކޫލާއި އަހުމަދިއްޔާއާއި ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލާއި ކެޔޮދޫ ސްކޫލާއި ހުރަވީ ސްކޫލާއި މާފުށި ސްކޫލާއި މުހިއްދީން ސްކޫލާއި ގުރައިދޫ ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ރެހެންދި ސްކޫލާއި ހުރާ ސްކޫލާއި އދ. އަތޮޅު ތައުލީމީ މަރުކަޒާއި ތާޖުއްދީން ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ސަލާހުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި ގާޒީ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ކ. އަތޮޅު މަދަރުސާއާއި ހިންމަފުށި ސްކޫލާއި އަމީނިއްޔާ ސްކޫލުގެ އިތުރުން ދަރުމަވަންތަ ސްކޫލެވެ.
ރާއްޖެ ޖޫނިއާސް ފުޓްބޯލް ޗެމްޕިއަންޝިޕުގެ 17 އަހަރުން ދަށުގެ މުބާރާތް މާދަމާ 25 ޓީމާ އެކު ހުޅުމާލޭގައި ފަށާނެ އެވެ.
މިއީ ކުރިން އިންޓަ ސްކޫލް ނަމުގައި ބާއްވަމުން އައި މުބާރާތެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކާ ގުޅިގެން މިހާރު ހުރިހާ ކުޅިވަރެއްގައި ވެސް ސްކޫލްތަކުގެ މެދުގައި ބާއްވަނީ ރާއްޖެ ޖޫނިއާސް ޗެމްޕިއަންޝިޕުގެ ނަމުގަ އެވެ.
މި މުބާރާތުގައި ބައިވެރިވާ 25 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފަ އެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ހަ ޓީމާއި، ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ އުސޫލުންނެވެ.
އެފްއޭއެމުން މުބާރާތް ރާވާފައި އޮތީ ގްރޫޕް ސްޓޭޖްގައި ކޮންމެ ދެ ދުވަހަކު ދެ މެޗު ކުޅޭ ގޮތަށެވެ. ތިރީސް މިނެޓު ދެ ހާފު ކުޅޭއިރު ފުރަތަމަ މެޗު ފަށާނީ މެންދުރުފަހު 3 ޖަހާއިރެވެ. ދެ ވަނަ މެޗު ފަށާނީ ހަވީރު 4:30 ގަ އެވެ.
ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ގުޅި ސްކޫލާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ފައިނަލް މެޗު އޮންނާނީ މޭ 17 ގައެވެ.
advertisment
ހިޔާލު