މަޖީދިއްޔާ ސްކޫލަށް އަންނަ އަހަރު 100 އަހަރު ފުރޭތީ އެ ސްކޫލަށް ޤަރުނެއްވީ ފަޚުރުވެރި ޚިދުމަތް ރަމްރުކޮށްދޭ ލޯގޯއެއް ފަރުމާކުރަން ހުޅުވާލައިފިއެވެ.
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ އިން ހުޅުވާލި މި މުބާރާތުގައި ބައިވެރިވާން، އެ ސްކޫލުގެ އެހާރާއި މިހާރުގެ އަދި އެ ސްކޫލަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކަށް ވަނީ ދައުވަތު ދީފައެވެ.
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ބުނީ، އެއްވަނައަށް ހޮވޭ ލޯގޯ ބޭނުން ކުރާނީ އެ މުނާސަބަތާ ގުޅުވައިގެން ބާއްވާ އިވެންޓުތަކާއި, ޝާއިއުކުރާ ލިޔުންތަކާއި ހަނދާނީ ފިލާގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކަމަށެވެ. އަދި ފަރުމާކުރާ ލޯގޯ ވާންޖެހޭނީ ޒަމާނީ، މާނަވީ އަދި ޗާޕުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގައި ބޭނުންކުރަން ފަސޭހަ ލޯގޯއަކަށެވެ.
ފަރުމާކުރާ ލޯގޯގައި ހުންނަންޖެހޭ ސިފަތަކެއް ވެސް އެ ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. އެއީ:
- މަޖީދިއްޔާގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދިނުން
- ގައުމު ބިނާކުރުމުގައި މަޖީދިއްޔާ އަދާކޮށްފައިވާ އަދި އަދާކުރަމުންދާ އިސް ދައުރު ހާމަކޮށްދިނުން
- ކުރިއަށް އޮތް ގަރުނަށް އޮތް އުންމީދީ ތަސައްވުރު ރަމްޒުކޮށްދިނުން
ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ އުސޫލުތަކުގެ ތެރޭގައި ހިމެނެނީ:
- މީގެ ކުރިން އެއްވެސް ތަނެއްގައި ބޭނުންކޮށްފައި ނުވާ ލޯގޯއަކަށް ވުން
- ލޯގޯއަކީ ތަފާތު އެކި ވަޞީލަތްތަކާއި މީޑިއާތަކުގައި ބޭނުންކުރެވޭނެ ފަދަ ލޯގޯއަކަށްވުން
- ހުށަހަޅާ ލޯގޯއާއެކު އެ ލޯގޯގެ ކޮންސެޕްޓް ކިޔައިދޭ ކުރު ތައާރަފެއް ހިމެނުން
- ހޮވޭ ފަރާތަކުން ލޯގޯގެ އެޑިޓްކުރެވޭ ފައިލްތައް ހުށަހަޅުން
ލޯގޯއެއް ހޮވުމުގައި ބަލާނެ އަކަމަށް ބުނެފައިވަނީ، އަމިއްލަވަންތަކަމާއި އީޖާދީ ޚިޔާލާއި 100 ވަނަ އަހަރުގެ ތީމާ ގުޅޭ މިންވަރަށެވެ. އަދި ފަންނީ ގޮތުންނާއި، އެކި ފޯމެޓްތަކަށް ބަދަލުކުރެވޭ މިންވަރުގެ އިތުރުން ފެންނަފެނުމުގައި ހުރި ފުރިހަމަކަމާއި ދޭހަވާ މާނައަށެވެ.
މި މުބާރާތައް ލޯގޯ ހުށައަޅަން ޖެހެނީ އޮންލައިން ޕެލްޓް ފޯމް މެދުވެރިކޮށެވެ.
1927 ގައި ކިޔަވައިވައިދޭން ފެށި މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު