ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑު އިސްކަމެއް ދެވިގެން ދިޔައީ މާއްދާތައް ކިޔަވައި މާއްދާތަކުން ދަރިވަރުން ރަނގަޅު ނަތީޖާތައް ހޯދައި ކުރިއެރުވުމަށް ކަމަށާއި ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ހުނަރާއި އިލްމާމެދު އަޅުގަނޑުމެން މާބޮޑަށް ވިސްނަން ވެއްޖެ ކަމަށް ތަޢުލީމާއި މަތީ ތައުލީމާ ބެހޭ ވާޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެ ސްކޫލުގައި ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެ މަސައްކަތްތަކަށް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުން މަތީ ސާނަވީ މަރުހަލާގައި ދިވެހިރާއްޖޭގައި މުޅިން އަލަށް ވޮކޭޝަނަލް ހައި ސްކޫލެއް ޤާއިމްކުރެވިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ 60 ދަރިވަރުންނާއެކު ފެށި މަޖީދިއްޔާ ސްކޫލުން ހޯދި ފަޚުރުވެރި ކާމިޔާބީ 60 ދަރިވަރުންނާއެކު ފެށި އެ ސްކޫލުން ނުހޯދެންވީ ސަބަބެއް ނެތް ކަމަށެވެ.

ދަރިވަރުންނަށް ތަޢުލީމީ ވަޒީރު ވިދާޅުވީ "ތިޔަކުދިން ތަޢުލީމަށް ލޯބިކުރާކަމަށް ވަނީނަމަ އެންމެ ފުރަތަމަ ކަމަކަށް ތިޔަކުދިން ކުރިންވީ ކަމަކީ ތިޔަކުދިންނަށް ކިޔަވައިދެއްވާ މުދައްރިސުންދެކެ ލޯބިވުން. ތިޔަކުދިންގެ މަންމައާއި ބައްޕަގެ ބަސްއެހުން. އަދި މުޖްތަމައުގައި އެންމެންގެ އިޙްތިރާމް ލިބޭ ދެރަ ނިކަމެތިންނަށް އިޚްތިރާމް ކުރުމާއެކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނާއި އެހެންމެހައި މީސްތަކުންނަށް ލޯތްބާއެކު އިހުތިރާމް އަދާކުރުން" ކަމަށެވެ.
"އަޅުގަނޑުމެންގެ ހިތުގައި އިންސާނުންނާމެދުގައި އުފެދޭ ކުލުނުވެރިކަމާއި ލޯބިން މީހާގެ ހަޤީޤީ ތަޞައްވުރެއް ފެނިގެންދާނީ"
ޑރ. އިސްމާއިލް ވިދާޅުވީ، މަޖީދިއްޔާގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން އޭރިއާ ނަގައި އެތަނުގައި މަޖީދިއްޔާގެ 100 އަހަރު ރަމްޒުކޮށްދިނުމަށްޓަކައި އަޅާ ޚާއްޞަ ބިނާގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެންމެން އެކީގައި މަސައްކަތް ކުރާނީ 100 އަހަރު ފުރެންވާއިރަށް އެ ބިނާގެ މަސައްކަތް ނިންމައި ހުޅުވައި، ޓެކްނޮލޮޖީގެ އައު މަރުހަލާއަކަށް ކިޔެވުން ބައްޓަން ކުރެވިގެންދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި އެކަން ކުރައްވަން ކަމަށެވެ.
މަޖީދިއްޔާއަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު