ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި މެޑިކޯސް އަދި ނޭކަ ގުޅިގެން ހާއްސަ ހަވީރެއް ބާއްވައިފިއެވެ.

މި ހަވީރު ބާއްވާފައިވަނީ 11 އެޕްރީލް ހޮނިހިރު ދުވަހު ތިނަދޫ ސިޓީގެ މިއުޒިއަމް ޕާކުގައެެވެ. މި ހަވީރުގައި އެކިއެކި ސްޓޯލްތައް އިންތިޒާމުކޮށްފައި ވެއެވެ. މިގޮތުން، ލޭގެ ޕްރެޝަރު ބެލުން ފަދަ ހެލްތު ސްކްރީން ކުރުމަށް ސްޓޯލެއްގެ އިތުރުން، ހެލްތު އެޑިޔުކޭޝަންގެ މުހިއްމު ކަންކަމަށްވެސް ސްޓޯލް ބެހެއްޓިފައިވެއެވެ.

ހަމަ މިއާއެކު، ބެޗްލަރސް އޮފް ނަރސިންގެ 5 ވަނަ ސެމިސްޓަރގެ ހާއްސަ ކެންޓީނަކާއެކު ކުޑަކުދިންގެ ކުލަ ޖެއްސުން އަދި ގޭމް ސްޓޯލްތައްވެސް މި ހަވީރުގައި ވަނީ ބަހައްޓާފައެވެ. އަދި މި ހަވީރުގައި ކުޑަކުދިންނަށް މިއުޒިކަލް ޗެއަރ ފަދަ މަޖާ ކުޅިވަރުތައް ވަނީ ކުރިއަށްވެސް ގެންގޮސްފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި ތިނަދޫ ކެމްޕަސްގެ މެނޭޖްމަންޓް އަދި ސްކޫލް އޮފް ނަރސިންގެ ލެކްޗަރަރއިންގެ ފަރާތުން ވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިކަން ނޭކައިން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *