ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު މި މަހު 26އަށް އިތުރުކޮށްފިއެވެ.
"ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް" ސްކީމްގެ ދަށުން ތައުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލީ ޑިޕްލޮމާ 7 ކޯހަކާއި ބެޗްލަރސް ޑިގްރީގެ 3 ކޯހަކުން ކިޔެވުމުގެ ފުރުޞަތެއެވެ. މި ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 13:30 އާ ހަމައަށެވެ.
ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕުގެ ދަށުން ކިޔަވަން ހުޅުވާލާފައި ކޯސްތައް:
ޑިޕްލޮމާ ކޯސްތައް:
މެނުފެކްޗަރިންގ އިންޖިނިއަރިންގ
ސިވިލް އިންޖިނިއަރިންގ
މެކަޓްރޯނިކްސް
ގްރެފިކް ޑިޒައިނިންގ
ކަރޕެންޓްރީ ޓެކްނޮލޮޖީ
އިންފޮމޭޝަން ޓެކްނޮލޮޖީ
އެއަރ ކޮންޑިޝަނިން އެންޑް ރެފްރިޖަރރޭޝަން
ބެޗްލަރސް ޑިގްރީ ކޯސްތައް:
އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ
މެރިން އިންޖިނިއަރިންގ ޓެކްނޮލޮޖީ
އޮޓޮމޯޓިވް އިންޖިނިއަރިންގ
ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕުގެ ދަށުން ކިޔަވަން ފުރުޞަތު ލިބޭ ފަރާތްތަކަށް ކޯހުގެ ދިގުމިނަށް ބަލާ ކަނޑައެޅިފައިވާ މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮންޑު ކުރާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ، ކޯހުގައި ކިޔަވަން ދަރިވަރު އިޚުތިޔާރު ކޯހަކީ ފުލްޓައިމް އަދި އިންގްލިޝް މީޑއަމްއިން ކިޔަވައިދޭ ކޯހަކަށް ވާންޖެހޭނެ ކަމަށާއި ކިޔަވަން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ ކިޔަވަން ފަށަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕްގެ ފުރުޞަތު ކެންސަލްވާނެކަމަށް އެ އެވުޒާރާއިން ބުނެއެވެ.
advertisment
ހިޔާލު