ސީއެޗްއެސްއީ ހުޅުމާލޭގެ "އޯޕަން ޑޭ" މިއަދު ހަވީރު

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލޭގެ ގުރޭޑް 11އަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބާއްވާ "އޯޕަން ޑޭ" މިއަދު ހަވީރު އެ ސްކޫލުގައި އޮންނާނެއެވެ. މި ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4ން 6އަށެވެ.

މިއީ އޭލެވެލްއަށް އެ ސްކޫލުގައި ހުރި ފުރުޞަތުތަކާއި ވަޞީލަތްތަކާއި ކިޔެވޭނެ މާއްދާތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެ ސްކޫލުން ބުނީ، އޯޕަން ޑޭ ހަރަކާތުގެ ތެރެއިން، ވަކިވަކި މާއްދާތަކުގެ މައުލޫމާތާއި ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ސްޓްރީމްތަކާއި ކެރިއަރއެއް އިޙްތިޔާރު ކުރުމަށް ބޭނުންވާނެ މާއްދާތަކާ ގުޅޭ މައުލޫމާތު ވެސް ދޭނެ ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވާ ދަރިވަރުންނަށް އެ ސްކޫލުގެ މާހައުލު ދައްކާލުން ވެސް ކުރިއަށް ގެންދާނެއެވެ.

އެއް ދުވަހަށް ކުރިއަށް ގެންދާ މި ހަރަކާތުގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ޑެސްކެއް ބަހައްޓައި އެ ސްކޫލުން ކުރިއަށް ގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ވެސް ދޭނެއެވެ.

މި އަހަރު އޭލެވެލްއަށް ކިޔަވަން ސަރުކާރު ސްކޫލްތަކުން އަދި ހުޅުވައެއް ނުލައެވެ. އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *